Ads by Stelco

ޚަބަރު

ޒަމާންތަކަކަށްފަހު ދިވެހިންނަށް ސޫރިޔާއަށް ދެވޭނެހެން ހުއްދަދީފި

ޒަމާންތަކަކަށްފަހު ދިވެހިންނަށް ސޫރިޔާއަށް ދެވޭނެހެން ހުއްދަދީފި

ސީރިޔާއަށް ޖިހާދަސް ދިޔަ ދިވެހިންގެ ތެރެއިން ބައެއް މީހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ފެބްރުއަރީ 2026، 03:32

08 ފެބްރުއަރީ 2026، 03:32

ދިވެހިން ސޫރިޔާއަށް ދިއުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ ގައުމުގައި މިހާރު ވެރިކަން ކުރަމުންދާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ޖަމާއަތް ރާއްޖޭގެ ނިރުބަވެރި ޖަމާއަތްތަކުގެ ލިސްޓުން އުނިކޮށްފިއެވެ.

 މިއީ ގިނަ އަހަރުތަކަކަށްފަހު ސޫރިޔާއަށް ދަތުރުކުރުމުގެ ހުއްދަ ދިވެހިންނަށް ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ރާއްޖޭގެ ގައުމީ ސަލާމަތީ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކޮންމެ އަހަރަކު އެއްފަހަރު ނިރުބަވެރި ޖަމާއަތްތަކުގެ ލިސްޓާއި ދިވެހިން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓް މުރާޖާކުރައްވަން ޖެހެއެވެ. އެއް އަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި އާ ލިސްޓުގައި ސޫރިޔާއަކީ ދަތުރުކުރުން މަނާ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ކުރިން އޮތް އޮތުން ވަނީ ބަދަލުކޮށްފައެވެ.

ސޫރިޔާގެ އެޗްޓީއެސް ޖަމާއަތަކީ އޮކްޓޫބަރު 2019 އިން ފެށިގެން ރާއްޖޭގެ ނިރުބަވެރި ޖަމާއަތްތަކުގެ ލިސްޓުގައި ހިމެނެމުން އައި ޖަމާއަތެކެވެ. އެންމެ ފަހުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނެރުނު ލިސްޓުގައިވެސް އެ ޖަމާއަތް ހިމެނުނު ނަމަވެސް، މިހާރު ވަނީ އެ ލިސްޓުން އުނިކޮށްފައެވެ. އެޗްޓީއެސް އުނިކުރުމާއެކު، މިވަގުތު ދިވެހި ސަރުކާރުން ނިރުބަވެރި ޖަމާއަތްތަކުގެ ގޮތުގައި ބަލައިގަންނަނީ 19 ގްރޫޕެކެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އެޗްޓީއެސް އަކީ މެދުއިރުމަތީގައި އުފެދުނު އިސްލާމިކް ސްޓޭޓް (އައިސިސް) ގެ ތެރެއިން އުފެދިގެން އައި ޖަމާއަތެކެވެ. އަދި މި ޖަމާއަތުގައި ދިވެހިންވެސް ހަރަކާތްތެރިވާ ކަމަށް މީގެ ކުރިން މައުލޫމާތު ލިބިފައިވެއެވެ.

ރާއްޖޭގެ ޓެރަރިޒަމްގެ ގާނޫނު ބުނާގޮތުން، ސަރުކާރުން ކަނޑައަޅާފައިވާ ނިރުބަވެރި ލިސްޓުގައި ހިމެނޭ ޖަމާއަތަކަށް ތާއީދުކުރުމާއި، ސަރުކާރުގެ ހުއްދަ ނެތި ހަނގުރާމަވެރި ސަރަހައްދުތަކަށް ދަތުރުކުރުމަކީ ބޮޑެތި ޖަލު ހުކުމްތައް އަންނަ ކުށެކެވެ. ނަމަވެސް މި ގެނެވުނު ބަދަލާއެކު، ސޫރިޔާއަށް ދަތުރުކުރުމުގައި އޮތް ގާނޫނީ ހުރަސްތަކަށް ވަނީ ލުޔެއް ލިބިފައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450