Ads by Stelco

ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. މާވަށުން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. މާވަށުން މީހަކު ހައްޔަރުކޮށްފި

މި މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

08 ފެބްރުއަރީ 2026، 02:43

08 ފެބްރުއަރީ 2026، 02:43

މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. މާވަށުން މީހަކު ހައްޔަރުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. މާވަށް / އިތާ، ޙަސަން ނާއިފް (24އ) ކަމަށެވެ.

އެގޮތުން، އޭނާ ހައްޔަރުކޮށްފައިވަނީ މިހިނގާ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު މާވަށު ޕޮލިހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާގެ ޢަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރުމަށްފަހުކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި  އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 6 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައާ ގުޅިގެން ޙަސަން ނާއިފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450