ވިޔަފާރި / ޚަބަރު

މިއީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ގްރޮސް ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރު: ރައީސުލްޖުމްހޫރިއްޔާ

މިއީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ގްރޮސް ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރު: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވުން / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

05 ފެބްރުއަރީ 2026، 07:03

05 ފެބްރުއަރީ 2026، 07:03

ދިވެހިރާއްޖޭގެ ތާރީޙުގައި މީގެކުރިން ދުވަހަކުވެސް ގްރޮސް ރިޒާވް މައްޗަށް ނުދާ މިންވަރަށް، އެ އަދަދު މައްޗަށް ގޮސްފައިވާކަމަށް ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ހެނދުނު އޮތް ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަދުގެ ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ ދިވެހި ރައްޔިތުންނަށް ވާރުތަކުރުވި ބުރަބޮޑު ދަރަނީގެ ދަންތުރައިން މިންޖުކޮށް، އެކަމަށް ތަސައްލީއެއް ހޯއްދަވައި، މާލީ ގޮތުން އަދަށްވުރެ ފަހި މާދަމާއެއް ދިވެހި ޤައުމަށް ހޯއްދަވައިދެއްވުމަށް ކަމަށެވެ. އެގޮތުން މިވަގުތު ޤައުމުގެ ރަސްމީ ގްރޮސް ރިޒާވްގެ މިންވަރު 1.13 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވެފައިވާކަމަށެވެ.

މި މޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެ މަނިކުފާނު ވިދާޅުވީ، ދައުލަތަށް ލިބުނު ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 2025 ވަނަ އަހަރު ލިބިފައިވާ ފައިސާގެ މިންވަރު، 2024 ވަނަ އަހަރާ އަޅާބަލާއިރު 12 އިންސައްތަ ކުރިއަރާފައިވާކަމަށެވެ. އަދި މި ބަދަލުތަކާއި، އިޤްތިޞާދީ ކުރިއެރުމުގެ ދުވެއްޔަށް އަންނަ ބަދަލުތަކާއެކު، މިހިނގާ 2026 ވަނަ އަހަރު، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭކަމުގައި ވިދާޅުވިއެވެ.

ވާރުތަވި ދަރަނިން ސަލާމަތްވުމަށް ކުރެއްވި މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދަރަނި ރީސްޓްރަކްޗަރ ކުރުމާއި ލޯނު އަދާކުރުމުގައި ލުއި ގޮތްތައް ހޯއްދަވައި، ބޭރުގެ އިންވެސްޓަރުންނާއި ކްރެޑިޓް އޭޖެންސީތަކުގެ އިތުބާރު ކަށަވަރުކުރުމަކީ މިކަމުގެ މުހިންމު ބައެއް ކަމުގައެވެ.

އަދި އާމްދަނީއަށް އައިސްފައިވާ ހެޔޮ ބަދަލުތަކާއެކު، ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި 1.2 ބިލިއަން އެމެރިކާ ޑޮލަރު، 2025 ވަނަ އަހަރު ލިބިފައިވާކަމަށާ، އެކަމުގެ ނަތީޖާއަކަށްވީ، ދަރަނި އަދާކުރުމަށް އުފައްދާފައިވާ ސޮވްރިން ޑިވަލޮޕްމަންޓް ފަންޑް (އެސް.ޑީ.އެފް) އަށް ޖަމާކުރާ ޑޮލަރު އިތުރުވެ، ރަސްމީ ރިޒާވަށް ހެޔޮ ބަދަލުއައުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

މީގެ އިތުރުން ބޭރު ފައިސާގެ ޤާނޫނު ތަންފީޒުކުރަން ފެށިފަހުން 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޑިސެމްބަރާއި ހަމައަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އަށް 492 މިލިއަން އެމެރިކާ ޑޮލަރު މާރުކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އަދި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް އިން 26 އެޕްރީލް 2018 ވަނަ އަހަރު ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑު ރޯލްއޯވަރކޮށް މެޗުއަރިޓީގެ މުއްދަތު 5 އަހަރަށް އިތުރުކުރުމަށާއި އަދި މިކަމާ ގުޅޭ އެގްރީމަންޓުގައި ސޮއިކުރުމަށް ތައްޔާރުވެފައިވާކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު މިއަހަރު ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީގެ އިތުރުން، ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 100 މިލިއަން ޑޮލަރު މިހާރު ކަށަވަރުވެފައިވާއިރު، މި އާމްދަނީ ކުރިއަށް އޮތް 45 ދުވަސް ތެރޭގައި ޖަމާވެގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450