Ads by Stelco

ޚަބަރު

ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނުން ދަސްވެނިވި ކުދިންގެ ތެރެއިން ފަންނީ ތަމްރީނަށް ނުހޮވުނު ކުދިންނަށް ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދީފި

ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނުން ދަސްވެނިވި ކުދިންގެ ތެރެއިން ފަންނީ ތަމްރީނަށް ނުހޮވުނު ކުދިންނަށް ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދީފި

ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރުގެ ބައިވެރިން ފުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ފެބްރުއަރީ 2026، 07:07

05 ފެބްރުއަރީ 2026، 07:07

ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބެޗުން ދަސްވެނިވި ކުދިންގެ ތެރެއިން ފަންނީ ތަމްރީނުތަކުގެ މަރުޙަލާއަށް ނުހޮވުނު ކުދިންނަށް، އެ ކުދިން ޝައުޤުވެރިކަން ފާޅުކުރި ދާއިރާތަކުން ވަޒީފާގެ ފުރުޞަތު ސަރުކާރުން ހަމަޖައްސައިދީފިއެވެ.

މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބެޗުން ދަސްވެނިވި 344 ކުދިންގެ ތެރެއިން 65 ކުދިން މިހާރު ދަނީ ބ. އަތޮޅު ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ފަންނީ ތަމްރީނުތައް ފުރިހަމަކުރަމުންނެވެ. އަދި މި ތަމްރީނުތަކަށް ނުހޮވުނު ކުދިންގެ ތެރެއިން 241 ކުދިންނަށް ސަރުކާރުގެ އެކި މުއައްސަސާތަކުން ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީފާ ހަމަޖައްސައިދީފައިވާ މުއައްސަސާތައް
ސަރުކާރުން ވަޒީފާ ހަމަޖައްސައިދިން ކުދިންގެ ތެރެއިން އެންމެ ގިނަ ކުދިން ގުޅިފައިވަނީ ސަލާމަތީ ޚިދުމަތްތަކާއެވެ. އެގޮތުން:

  • 171 ކުދިން ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އަށް
  •  23 ކުދިން ދިވެހި ފުލުހުންގެ ޚިދުމަތަށް
  • 32 ކުދިން އޭވިއޭޝަން އެންޑް ޕޯޓްސް ސެކިޔުރިޓީ ކޮމާންޑަށް
  •  7 ކުދިން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުއަށް
  •  5 ކުދިން މޯލްޑިވްސް އިމިގްރޭޝަނަށް
  •  3 ކުދިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް

މީގެ އިތުރުން، އަމިއްލަ ސެކްޓަރުގައި މަސައްކަތްކުރަން ޝައުޤުވެރިކަން ފާޅުކުރި 38 ކުދިންނަށް އެ ފުރުޞަތު ފަހިކޮށްދީ، ޚިދުމަތުން ދޫކޮށްލާފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ "ދަސްވެނިވި ކުދިންގެ ތެރެއިން މި ތަމްރީނުތަކަށް ނުހޮވޭ ކުދިން އެކުދިން ވަޒީފާ އަދާކުރަން ޝައުޤުވެރިކަން ފާޅުކުރި ތަންތަނުން ސަރުކާރުން ވާނީ ވަޒީފާ ހަމަޖައްސައިދީފައި" ކަމަށެވެ.

ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗުގެ 350 ޒުވާނުން މިހާރު ވަނީ ތަމްރީނަށް މާފިލާފުއްޓަށް ފުރާފައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ޖުމްލަ 1,000 ޒުވާނުންނަށް މި ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުޞަތު ދިނުމެވެ.

ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، އަދި އަޚްލާޤު ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ފެއްޓެވި މުހިންމު މަޝްރޫޢެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ ސިފަ އަށަގަނެފައިވާ ހަރުދަނާ ބަޔަކު މުޖުތަމަޢަށް ނެރުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450