Ads by Stelco

ޚަބަރު

މާލެ ސަރަޙައްދުގައި ދެލޯންޗެއް ޖެހި އެކްސިޑެންޓެއް ވެއްޖެ

މާލެ ސަރަޙައްދުގައި ދެލޯންޗެއް ޖެހި އެކްސިޑެންޓެއް ވެއްޖެ

ފުލުހުންގެ މައި މަރުކަޒު.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ފެބްރުއަރީ 2026، 10:16

04 ފެބްރުއަރީ 2026، 10:16

މާލެ ސަރަޙައްދުގައި ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

 މި ހާދިސާއާ ގުޅިގެން ފުލުހުން މިހާރު ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އެކްސިޑެންޓްވި ދެ ލޯންޗަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. "މި ހާދިސާއާ ގުޅިގެން އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް" ފުލުހުން ބުނެފައިވެއެވެ.

މާލެ އާއި ރަށްރަށުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރު ދުއްވާއިރު ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450