ޚަބަރު
އާރުޓީއެލްގެ އިތުރު ރޫޓެއް ރ އަތޮޅުގައި ފަށަނީ
އާރުޓީއެލް ފެރީއިން އުނގޫފާރާއި ދުވާފަރު ގުޅުވާލަނީ---
ފަރުދުން
04 ފެބްރުއަރީ 2026، 10:29
04 ފެބްރުއަރީ 2026، 10:29
ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް)ގެ އިތުރު ރޫޓެއް ރ އަތޮޅުގައި ފެށުމަށް ތައްޔާރުވެފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ހާމަކޮށްފިއެވެ.
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، އައު ރޫޓުގެ އަމާޒަކީ ދުވާފަރާއި އުނގޫފާރު ގުޅުވާލުމެވެ. އެއީ ދުވާފަރަކީ އާބާދީ ބޮޑު ރަށަކަށްވެފައި، އުނގޫފާރަށް ދާންބޭނުންވާ މީހުންގެ އަދަދު ގިނަވުމުން، އެ ޑިމާންޑާ އެއްވަރަށް ޚިދުމަތްދިނުމަށް ކަމަށެވެ.
މި ރޫޓުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ 5 ފެބުރުވަރީވާ ބުރާސްފަތި ދުވަހުއެވެ. މި ރޫޓުގައި ދަތުރުކުރާނީ 25 ފަސިންޖަރުންގެ ޖާގައިގެ ފެރީއެކެވެ. އަދި މިފެރީގެ 2 ސީޓު (އެންސްޕާ)ގައި ރަޖިސްޓްރީ ވެފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ވަނީ ޚާއްސަކޮށްފައެވެ.
މި ރޫޓުގެ ދަތުރުތައް ހުކުރު ދުވަސް ފިޔަވާ ހަފްތާއަކު 6 ދުވަހު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އާރްޓީއެލްގެ ޚިދުމަތް ރ.އަތޮޅަށް ފެށީ މިއަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. ޚިދުމަތް ދެމުން އަންނަނީ 3 ރޫޓަކަށް، 2 ފެރީ ބޭނުންކޮށްގެންނެވެ.
ރ. އަތޮޅުގައި މީހުން ދިރިއުޅޭ 15 ރަށް އޮންނައިރު އެ އަތޮޅުގެ އާބާދީ ގާތްގަނޑަކަށް 24،000 އަށް އަރައެވެ.