Ads by Stelco

ޚަބަރު

ހުޅުމާލޭ ފޭސް 2 ގައި ގާއިމްކުރި ރޯދަ މާރުކޭޓުން ގޮޅި ދޫކުރަން ހުޅުވާލައިފި

ހުޅުމާލޭ ފޭސް 2 ގައި ގާއިމްކުރި ރޯދަ މާރުކޭޓުން ގޮޅި ދޫކުރަން ހުޅުވާލައިފި

ހުޅުމާލެ ފޭސް 2 ގައި ގާއިމްކުރި ރޯދަ މާރުކޭޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ފެބްރުއަރީ 2026، 04:50

03 ފެބްރުއަރީ 2026، 04:50

ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ރޯދަ މާރުކޭޓުން ދިވެހިންނަށް ގޮޅި ދޫކުރަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފިއެވެ. މިއީ ރަމަޟާން މަހަށް ތައްޔާރުވުމަށް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތަރައްގީކުރި މާރުކޭޓެކެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި، މި މާރުކޭޓުން ގޮޅިތައް ދޫކުރުމަށް ނިންމާފައިވަނީ އެއްވެސް ކުއްޔެއް ނެގުމަކާ ނުލައި މުޅިން ހިލޭއެވެ. މި ގޮޅިތަކުގައި ވިއްކުމަށް ހުއްދަ ދެވޭނީ މަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީގެ އިތުރުން އެހެނިހެން ދިވެހި ކާބޯތަކެތީގެ ބާވަތްތަކެވެ.

މި މާރުކޭޓުން ގޮޅި ހޯދުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ގޮޅިއަށް އެދި ހުށަހަޅާ ފޯމު އެޗްޑީސީގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ފޯމު ބަލައިގަތުމާއި ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 15:30 ގައި، އެޗްޑީސީގެ ކަސްޓަމަރ ކެއަރ އޮފީސް (ސެންޓްރޯ މޯލް) ގައެވެ.

ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަވާނެހެން މި މާރުކޭޓު ގާއިމްކޮށްފައިވަނީ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތާ ދެމެދުގައެވެ. މިއީ އެ ސަރަހައްދުގެ އާބާދީއަށް ބޭނުންވާ ޒަރޫރީ ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އެޗްޑީސީން އިތުރަށް ބުނީ، އެ ކޯޕަރޭޝަންގެ އަމާޒަކީ އަބަދުވެސް ހުޅުމާލެއަކީ ހުރިހާ ހިދުމަތްތަކެއް ފަސޭހަކަމާއެކު ލިބެން ހުންނަ، ދިރިއުޅެން ހިތްފަސޭހަ ތަނަކަށް ހެދުން ކަމަށެވެ. ރަމަޟާން މަހާ ދިމާކޮށް މިފަދަ މާރުކޭޓެއް ގާއިމްކުރުމަކީ އާންމު ރައްޔިތުންނަށް މާލީ ގޮތުންނާއި ތަކެތި ހޯދުމުގައި ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450