Ads by Stelco

ޚަބަރު

ޒަކާތުގެ ޚިދުމަތް ޑިޖިޓަލައިޒްކޮށް، ޚިދުމަތް އަވަސްކުރުމަށް "ޒަކާތް އަސްނާފު ކާޑު" އިފުތިތާހުކޮށްފި

ޒަކާތުގެ ޚިދުމަތް ޑިޖިޓަލައިޒްކޮށް، ޚިދުމަތް އަވަސްކުރުމަށް "ޒަކާތް އަސްނާފު ކާޑު" އިފުތިތާހުކޮށްފި

"ޒަކާތް އަސްނާގް ކާޑު" އިފްތިތާޙްކޮށްފި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ފެބްރުއަރީ 2026، 03:40

03 ފެބްރުއަރީ 2026، 03:40

ޒަކާތުގެ ޚިދުމަތްތައް ޒަމާނީކޮށް ޑިޖިޓަލައިޒްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ޚިދުމަތްތައް އަވަސްކުރުމަށްޓަކައި "ޒަކާތް އަސްނާފު ކާޑު" ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

 އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ކާޑު އިފްތިތާޙުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މި ކާޑަކީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ތައާރަފުކުރި ކާޑެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ޒަކާތުގެ ފައިސާއިން ފޯރުކޮށްދޭ އެހީގެ ޕްރޮގްރާމްތައް މިހާރަށްވުރެ ހަރުދަނާކޮށް، ލުއިފަސޭހަކަމާ އެކު އަދި އެހީ ލިބޭ ފަރާތްތަކުގެ ކަރާމާތް ހިފެހެއްޓޭނެ ފަދަ ނިޒާމެއްގެ ދަށުން ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

އަސްނާފު ކާޑާ އެކު، އެހީއަށް އެދި ހުށަހަޅާ ކޮންމެ ފަހަރަކު އަސާސީ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭޖެހުން ނިމުމަކަށް އަންނާނެއެވެ. އޭގެ ބަދަލުގައި، ކިއު.އާރް ކޯޑު ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މި ކާޑު އެންމެ ސްކޭނަކުން ބޭނުންކޮށްލުމުން، އެހީއަށް ޝަރުތުހަމަވާ ފަރާތްތަކަށް ވަގުތުން ޚިދުމަތް ލިބިގެންދާނެއެވެ. މީގެ ސަބަބުން އިދާރީ މަސައްކަތްތައް އަވަސްވެ، ޚިދުމަތް ހޯދާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބޭނެއެވެ.

މި ކާޑު ސިސްޓަމަކީ ޒަކާތު ހައުސްއިން ހުށަހަޅާފައިވާ "ބެނެފިޝަރީ އައިޑެންޓިފިކޭޝަން ކާޑު ސިސްޓަމް"ގެ ބައެކެވެ. މި ނިޒާމުގެ ދަށުން އެހީ ލިބޭ ފަރާތުގެ ވެރިފައިޑް ޕްރޮފައިލާ ކާޑު ސީދާ ގުޅިފައިވާތީ، ޙައްޤުވެރީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހާމަކަން ބޮޑުވެ، އިތުބާރު ހަރުދަނާވެގެންދާނެއެވެ. މިއީ ހުރިހާ އެހީގެ ޕްރޮގްރާމްތަކެއް ޝަރުޢީ ހަމަތަކާ އެއްގޮތަށް އެއް ޑިޖިޓަލް ނިޒާމެއްގެ ދަށުން ގުޅާލުމަށް ކުރެވޭ މަސައްކަތެކެވެ.

އަސްނާފު ކާޑު އިފްތިތާޙުކުރުމަކީ ޒަކާތު ހައުސްގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގެ ފުރަތަމަ މަރުހަލާއެވެ. ކުރިއަށް އޮތް ތަނުގައި މި ނިޒާމުގެ ތެރެއަށް ޑިޖިޓަލް ރެކޯޑުތައް ގުޅާލުމާއި، މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޚިދުމަތް ހޯދޭނެ ގޮތް ހެދުމަށް ވަނީ ރޭވިފައެވެ. މީގެ ސަބަބުން ޒަކާތް ބެހުމުގައި ޒިންމާދާރުކަން އިތުރުވެ، އެހީ ފޯރުކޮށްދިނުމުގައި ތަކުރާރުވުންތައް ހުއްޓުވައި، ތަފާސްހިސާބުގެ އަލީގައި ނިންމުންތައް ނިންމުމަށް މަގުފަހިވާނެއެވެ.

މި އައު ނިޒާމަކީ ޒަކާތް ބެލެހެއްޓުމާއި ބެހުމުގައި ޢަދުލުވެރިކަމާއި، ހާމަކަން ބޮޑުކަމާއި، އޯގާތެރިކަމުގެ އުސޫލުތައް ދެމެހެއްޓުމަށް ޒަކާތު ހައުސްއިން ކުރާ މަސައްކަތުގެ ހެއްކެކެވެ. މިއީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ފަޤީރުންނާއި މިސްކީނުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450