Ads by Stelco

ޚަބަރު

ފިޔޯރީގައި ގާއިމުކުރާ މަސްދަޅު ބަންދުކުރާ ކާރުޚާނާއަށް ބިން ހިއްކުމާއި، ބަނދަރު ހެދުމުގެ މަޝްރޫޢު ފަށައިފި

ފިޔޯރީގައި ގާއިމުކުރާ މަސްދަޅު ބަންދުކުރާ ކާރުޚާނާއަށް ބިން ހިއްކުމާއި، ބަނދަރު ހެދުމުގެ މަޝްރޫޢު ފަށައިފި

ފިޔޯރީގައި ގާއިމުކުރާ މަސްދަޅު ބަންދުކުރާ ކާރުޚާނާއަށް ބިން ހިއްކުމާއި، ބަނދަރު ހެދުމުގެ މަޝްރޫޢުފައްޓަވައި ދެއްވުމަށް ނައިބު ރައީސް އެރަށަށް ވަޑައިގެންނެވުމުން މަރުޙަބާ ދަންނަވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ފެބްރުއަރީ 2026، 08:10

02 ފެބްރުއަރީ 2026، 08:10

ގދ. ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ މަސްދަޅު ބަންދުކުރާ ކާރުޚާނާގެ މަޝްރޫޢުގެ ދަށުން، އެ ރަށުގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.

މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މި މަޝްރޫޢަކީ މުޅި ސަރަހައްދުގެ މަސްވެރިންނަށް ބޮޑު މަންފާއެއް ކުރާނެ މަޝްރޫޢެއްކަމަށެވެ.  ވަޒީރު އިތުރަށް ވިދާޅުވީ  މީގެ ކުރިން މަސް ކިރުވުމަށްޓަކައި ކޫއްޑޫއަށް 40 މޭލު ދަތުރުކުރަން ޖެހުމުގެ ސަބަބުން މަސްވެރިން ކުރަންޖެހޭ ބޮޑު ހޭދަ މި މަޝްރޫޢުގެ ސަބަބުން ކުޑަވެގެންދާނެ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ފިޔޯރީގައި 3,000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކުރިން ރައްޔިތުން އެދެމުންދިޔަ 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަށްވުރެ މާ ބޮޑު ކުރިއެރުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ ބިން ހިއްކުމާއި ބަނދަރުގެ މަސައްކަތް ނިންމައި، އަންނަ އަހަރުގެ ފަހުކޮޅަށް ފެސިލިޓީގެ ހުރިހާ މަސައްކަތެއް ނިންމައި ޚިދުމަތް ދޭން ފެށުމެވެ.

ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ މަސްވެރިކަމުގެ ވަސީލަތްތައް މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށް، އޭގެ ސީދާ މަންފާ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. މި މަޝްރޫޢަކީ އެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450