Ads by Stelco

ޚަބަރު

އުތީމާއި ބާރަށު ކައުންސިލް ރައީސްގެ ގޮނޑި ވެސް ކޮންގްރެސް ޕާޓީއަށް ކަށަވަރުވެއްޖެ

އުތީމާއި ބާރަށު ކައުންސިލް ރައީސްގެ ގޮނޑި ވެސް ކޮންގްރެސް ޕާޓީއަށް ކަށަވަރުވެއްޖެ

އުތީމާއި ބާރަށު ކައުންސިލް ރައީސްގެ ގޮނޑި ޔަޤީންވި ދެ ބޭފުޅުން---

farudhun logo

ފަރުދުން

02 ފެބްރުއަރީ 2026، 10:58

02 ފެބްރުއަރީ 2026، 10:58

އދ. ދިއްދޫ އަދި އދ. މަންދޫ ކައުންސިލް ރައީސްގެ ގޮނޑީގެ އިތުރުން، ހއ. އުތީމާއި އެ އަތޮޅު ބާރަށު ކައުންސިލް ރައީސްގެ ގޮނޑި ވެސް، ވެރިކަންކުރާ ކޮންގްރެސް ޕާޓީއަށް ކަށަވަރުވެއްޖެއެވެ.

މި ގޮނޑިތައް އެ ޕާޓީއަށް ކަށަވަރުވީ، އިންތިޚާބުގައި ވާދަކުރުމަށްއެދި ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހުޅުވާލި މުއްދަތު ހަމަވިއިރު އެ މަޤާމުތަކަށް އެހެން ފަރާތަކުން ކުރިމަތިލާފައި ނުވާތީއެވެ. 

އެގޮތުން އުތީމު ކައުންސިލްގެ ރައީސްކަން ޔަޤީންވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި ޢަބްދުﷲ ރަޝީދުއަށެވެ. ރަޝީދުއަކީ ލާމަރުކަޒީ ނިޒާމު އައިފަހުން އުތީމުގެ ރައީސްކަން ކުރި ހަމައެކަނި ބޭފުޅާއެވެ. 

ބާރަށު ކައުންސިލްގެ ރައީސްގެ ގޮނޑި ކަށަވަރުވީ އަލީ ޝަމީމްއަށެވެ. އަދި ދިއްދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޔަޤީންވީ، އެ ކައުންސިލް މެންބަރެއްގެ ގޮތުގައި މިހާރު ހުންނެވި އަނީސް މުޙައްމަދަށެވެ. 

ހަތަރު ރަށެއްގެ ރަށު ކައުންސިލްގެ ރައީސްގެ ގޮނޑީގެ އިތުރުން، ދިއްދޫ ކައުންސިލްގެ އަންހެނުންގެ ޚާއްޞަކޮށްފައި އޮތް ގޮނޑި އާއި މަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްގެ ގޮނޑި އާއި މަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުގެ ގޮނޑި ވެސް ވަނީ ކޮންގްރެސް ޕާޓީއަށް ކަށަވަރުވެފައެވެ. 

މަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްގެ ގޮނޑި ކަށަވަރުވީ އައިޝަތު އިޝާމާއެވެ. އަދި މަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުގެ ގޮނޑި ޔަޤީންވީ ސާމިޔާ ހުސެއިން އާއި އަސްމާ ސައުދަށެވެ.

މި ގޮނޑިތައް ކޮންގްރެސް ޕާޓީއަށް ކަށަވަރުވެފައިވީނަމަވެސް، އެކަން އަދި ރަސްމީކޮށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން އިޢުލާންކޮށްފައެއް ނުވެއެވެ. 

މި އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި 2،993 ކެންޑިޑޭޓުން ވާދަ ކުރާނެކަމަށް އީސީއިން ވަނީ ހާމަކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450