Ads by Stelco

ޚަބަރު

އިންތިޚާބަކާއި ނުލައި ދެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސްގެ ގޮނޑި ކޮންގްރެސް ޕާޓީއަށް

އިންތިޚާބަކާއި ނުލައި ދެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސްގެ ގޮނޑި ކޮންގްރެސް ޕާޓީއަށް

ރައީސުލްޖުމްހޫރިއްޔާ މިދިޔަ އޮކްޓޫބަރު މަހު މަންދޫއަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

02 ފެބްރުއަރީ 2026، 08:30

02 ފެބްރުއަރީ 2026، 08:30

އިންތިޚާބަކާއި ނުލައި ދެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސްގެ ގޮނޑި، ވެރިކަންކުރާ ކޮންގްރެސް ޕާޓީއަށް ލިބިއްޖެއެވެ.

މި އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަނުކޮށް ކޮންގްރެސް ޕާޓީއަށް ލިބިފައި ވަނީ އދ. ދިއްދޫ އަދި އދ. މަންދޫ ކައުންސިލް ރައީސްގެ ގޮނޑިއެވެ.

މީގެއިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަކާއި ދިއްދޫ ކައުންސިލްގެ އަންހެނުންގެ ޚާއްޞަކޮށްފައި އޮތް ގޮނޑި ވެސް ކޮންގްރެސް ޕާޓީއަށްއަށް ވަނީ ކަށަވަރުވެފައެވެ.

މި ގޮނޑިތައް އެ ޕާޓީއަށް ކަށަވަރުވީ، އެ މަޤާމުތަކަށް އިތުރު ފަރާތަކުން ކުރިމަތިނުލުމުންނެވެ. 

މިކަން ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައި ނުވިނަމަވެސް، މަންދޫ ކައުންސިލްގެ ރައީސަކަށް އިންތިޚާބާއި ނުލައި ހޮވުނީ، މިހާރު ވެސް ކައުންސިލްގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ސައީދެވެ.

މަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްގެ ގޮނޑި ކަށަވަރުވީ އައިޝަތު އިޝާމާއެވެ. އަދި މަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުގެ ގޮނޑި ޔަޤީންވީ ސާމިޔާ ހުސެއިން އާއި އަސްމާ ސައުދަށެވެ.

ދިއްދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޔަޤީންވީ، އެ ކައުންސިލް މެންބަރެއްގެ ގޮތުގައި މިހާރު ހުންނެވި އަނީސް މުޙައްމަދެވެ. އަދި އެ ރަށު ކައުންސިލްގައި އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑި ޔަޤީންވީ އުންމުހާނީ ޙުސެއިންއަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450