Ads by Stelco

ޚަބަރު

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ދެލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފި

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ދެލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފި

ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންތަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 ޖެނުއަރީ 2026، 03:46

30 ޖެނުއަރީ 2026، 03:46

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ދެލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ކުރިއެރުމެއް ފާހަގަކުރެވޭ އަދަދެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 200,801 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 193,174 ފަތުރުވެރިންނާ އަޅާބަލާއިރު 3.9 އިންސައްތައިގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 9,596 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަން ފާހަގަކުރެވެއެވެ.

އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތައް
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ ރަޝިއާއެވެ. އެ ގައުމުން މިހާތަނަށް 26,965 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެވަނައިގައި 21,137 ފަތުރުވެރިންނާއެކު އިޓަލީ އޮތްއިރު، ތިންވަނައިގައި އޮތީ 18,531 ފަތުރުވެރިންނާއެކު ޗައިނާއެވެ.

ފަތުރުވެރިން ރާއްޖެ އެތެރެވި އެއާޕޯޓުތަކަށް ބަލާއިރު، ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން 198,329 ފަތުރުވެރިން އެތެރެވެފައިވެއެވެ. މީގެ އިތުރުން މާފަރު އިންޓާނޭޝަނަލް އެއާޕޯޓުން 714 ފަތުރުވެރިން އަދި ގަން އިންޓާނޭޝަނަލް އެއާޕޯޓުން 599 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450