ދީން / ޚަބަރު

ޢައުރަ ނިވާކުރަން މަގުފަހިވާ ގޮތަކަށް ކަމެއް ކުރާނަމަ ދީނުގެ ދުޝްމަނުންނަށް އެކަންވާނީ ހަޖަމްކުރަން ދަތި އުނދަގޫ ކަމަކަށް: ޑރ. އަލީ ޒާހިރު

ޢައުރަ ނިވާކުރަން މަގުފަހިވާ ގޮތަކަށް ކަމެއް ކުރާނަމަ ދީނުގެ ދުޝްމަނުންނަށް އެކަންވާނީ ހަޖަމްކުރަން ދަތި އުނދަގޫ ކަމަކަށް: ޑރ. އަލީ ޒާހިރު

ޑރ. އަލީ ޒާހިރު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއެކު

farudhun logo

ފަރުދުން

03 ޖެނުއަރީ 2026، 07:11

03 ޖެނުއަރީ 2026، 07:11

ޢައުރަ ނިވާކުރަން މަގުފަހިފާގޮތަކަށް ކަމެއް ކުރާނަމަ ދީނުގެ ދުޝްމަނުންނަށް އެކަންވާނީ ހަޖަމްކުރަން ދަތި އުނދަގޫ ކަމަކަށް ކަމަށް، ދީނީ ޢިލްމުވެރިޔާ އަދި އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ. 

ޑރ. އަލީ ޒާހިރު މިހެން ވިދާޅުވީ ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. 

ޑރ. އަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވީ، ‏ޢައުރަ ނިވައި ކުރުމަށް ދީނުގައި ބާރު އަޅާފައިވާއިރު އެކަމަށް މަގުފަހިވާގޮތަށް އެއްވެސް ކަމެއް މެދުވެރިވެއްޖެނަމަ ޙަޤީޤީ މުސްލިމުން އެކަމަށް އުފާކުރާނެ ކަމަށެވެެ. އެހެނެއްކަމަކު ދީނުގެ ދުޝްމަނުންނަށް އެކަންވާނީ ހަޖަމްކުރަން ދަތި އުނދަގޫ ކަމަކަށް ކަމަށްވެސް ވިދާޅުވެފައި ވެއެވެ. 

ވަކި ފަރާތަކަށް ނިސްބަތްކޮށްފައި ނުވި ނަމަވެސް މިފަދައިން ވިދާޅުވެފައި މިވަނީ ދާދި ފަހުން ސިވިލް ސާވިސްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް ސަރުކާރުން ގެނައި ބަދަލުތަކާ ގުޅިގެން އިދިކޮޅު އެމްޑީޕީ އަދި އެހެނިހެން ފަރާތްތަކުން އެކަމަށް ފާޑުކިޔަމުން ދިޔަ ދަނޑިވަޅެއްގައެވެ. 

 އެގޮތުން، ސިވިލް ސާވިސްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް ސަރުކާރުން ގެނައި ބަދަލުތަކަކީ، ވަކި ދާއިރާއެއްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީ މިނިވަން ކަމަށް ހުރަސް އެޅުން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފައިވެއެވެ. މީގެ އިތުރުން އެ ޕާޓީން ބުނީ މި ފަދަ ހަރުކަށި އުސޫލުތަކުގެ ބޭނުމަކީ، އަންހެނުންގެ ހެދުން އެޅުމާއި ސިފައަށް ބަލައި، ވަޒީފާގެ ކުރިއެރުން ނުދިނުމާއި ނުވަތަ އަދަބު ދިނުންފަދަ ކަންކަން ކުރަން ފެށުން ކަމަށެވެ. އަދި އެއީ އަންހެނުން ވަޒީފާގެ މާހައުލުން އެކަހެރިކޮށް، ގައުމު ހިންގުމުގެ ދާއިރާއިން ބޭރުކޮށްލުމަށް ޓަކައި ނިޒާމީ ގޮތެއްގައި ފަށައިފައިވާ ނުރައްކާތެރި މަސައްކަތެއް ކަމަށް އެ ޕާޓީ އިން ބުނެއެވެ.

އެމްޑީޕީން ވަނީ އަންހެން މުވައްޒަފުން ހެދުން އަޅަން ޖެހޭ ގުޅޭ ގޮތުން ސިވިލް ސާވިސް އިން ހެދި އައު އުސޫލު އުވާލުމަށް ގޮވާލައިފަ އެވެ. އޭގެ އިތުރުން އަންހެނުންގެ ކަރާމާތް ގެއްލޭފަދަ ކަންކަމާއި، އެ ފަރާތްތަކުގެ ހައްގުތަކަށް އުނިކަމެއް އަތުވެދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް މުއައްސަސާތަކަށް އެމްޑީޕީން ގޮވާލާފައި ވެއެވެ. 

އެމްޑީޕީން މިހެން ގޮވާލާފައިވީ ނަމަވެސް މިކަމަކީ ގިނަ ބަޔަކު ތާޢީދުކުރާ، ބަލައިގަންނަ ކަމަކަށް ވަނީ ވެފައެވެ. އެގޮތުން އިސްލާމީ ޤައުމެއްގައި ހެދުން އެޅުން ވަކި މިންގަނޑެއްގައި ހިފެހެއްޓެން ޖެހޭކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޚިޔާލު ފާޅުކޮށްފައިވެއެވެ.

ހަމައެހެންމެ ޢައުރަ ނިވާކުރުމަކީ ބާލިޣުވެފައިވާ ކޮންމެ އަންހެނެއްގެ މައްޗައް ވާޖިބުކުރައްވާފައިވާ ކަމެކެވެ. މިކަމަކީ އިސްލާމީ ޝަރީއަތުގައި ލާޒިމުކުރައްވާފައިވާ ކަމެކެވެ. 

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ހ

ހުސޭނުބެ

03/01/2026 20:42

އިސްލާމްދީނަށް ލިބޭ ކޮންމެ ނަސްރަކަށް އެމްޑީޕީ ގެ އިސް ސަފުގައި ތިބޭ އެކަކަށްވެސް ކެތެއް ނުކުރެވޭނެއެވެ. މިފަދަ ކޮންމެ ކަމަކުން މިމީހުންގެ އަސްލު ސިފަ ރައްޔިތުންނަށް ފާޅުވާނެއެވެ. ދުވަހަކުވެސް ދެނެއް ދިވެހިން މިމީހުންނަކަށް ތާއީދެއް ނުކުރާނެއެވެ.