Ads by Stelco

ޚަބަރު / ވިޔަފާރި

"ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމުގެ މަސައްކަތަކީ ފެށުނީއްސުރެ ސަރުކާރުން އިސްކަންދެމުން އައި ކަމެއް"

"ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމުގެ މަސައްކަތަކީ ފެށުނީއްސުރެ ސަރުކާރުން އިސްކަންދެމުން އައި ކަމެއް"

އިކޮނޮމިކް މިނިސްޓަރ ސަޢީދު

farudhun logo

ފަރުދުން

03 ޖެނުއަރީ 2026، 06:27

03 ޖެނުއަރީ 2026، 06:27

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީކުރުމުގެ މަސައްކަތަކީ ފެށުނީއްސުރެ ސަރުކާރުން އިސްކަންދެމުން އައި ކަމެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުން ތައްޔާރުކޮށް ގެނެސްދޭ، ތަރުޖަމާނު ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރަައްޤީކުރެއްވުމުގެ މަސައްކަތްޕުޅަކީ ސަރުކާރު ފެށުނީއްސުރެ އިސްކަންދެމުން އައި ކަމެއްކަމުގައެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހިވާނެ ގޮތަށް މަސައްކަަތްކޮށް، އިޤްތިޟާދީ ހަރަކާތް އިތުރުކޮށްގެން ނޫނީ ގައުމަށް މަންފާއެއް ނުލިބޭނެ ކަމުގައިވެސް ވަޒީރު ސައީދު ވިދާޅުވިއެވެ. 

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ މައްސަލަތައް އޮޅުންފިލުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި އެ ފަރާތްތަކުން ހުށަހެޅުއްވި ކަންބޮޑުވުންތަކާއި ގުޅިގެން ކެބިނެޓުގައި ވަނީ މަޝްވަރާކޮށްފައެވެ. އެއާއެކު ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަން ވަނީ ފައްޓަވާފައެވެ. 

ވަޒީރު ސަޢީދު ވިދާޅުވީ އެއާޕޯޓު މެދުވެރިކޮށް އެތެރެކުރަން ގެންނަ މުދާ ކްލިއާ ކުރުމުގައި ޑެމެރޭޖު ނާރާ ގޮތަށް މުދާ ބެހެއްޓޭ މުހުލަތު 80 ގަޑިއިރުން 120 ގަޑިއިރަށް އިތުރުކުރުމަށް މޯލްޑިވްސް ކަސްޓަމްސްއިން ނިންމި ނިންމުމާއެކު، މުދާ އެތެރެކުރުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ތަހައްމަލުކުރަންޖެހޭ އުދަގޫތައް ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ. 

"ކުރިން ޑެމެރޭޖު ފީ ޗާޖްކުރަނީ 80 ގަޑިއިރު ނުވަތަ ތިން ދުވަސް ނުވަތަ ތިން ދުވަސް ބައި މިކަހަަލަ ގޮތަކަށް. މިހާރު އެއޮތީ ރައީސް މި ޝަކުވާ އަޑުއައްސަވާފައި. ފަސް ދުވަހާ ގަޑިކޮޅެއް ހިމެނޭ ގޮތަށް އިތުރުކުރައްވާފައި. އެއީ ހަގީގަތުގައިވެސް ލިބުނު ވަރަށް ބޮޑު ލުޔެއް، އެ ފަރާތްތަކުންވެސް އެކަން ފާހަގަކުރޭ" 

ވަޒީރު ވިދާޅުވިއެވެ. 

ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ވަޒީރު އިތުރަށް ވިދާޅުވީ، ކުރިޔަށް އޮތް ދެއަހަރަކީ ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ހިންގާ ފަރާތްތަކުގެ ހިތަށް ތަސައްލީއެއް ލިބޭނެ ދެއަހަރު ކަމަށެވެ. އެގޮތުން ރާއްޖޭގެ އެއްވެސް ރައީސަކު ރައްޔިތުން އެދުނު ކަންތައްތަކަށް މިހާ އިސްކަންދީގެން ނަތީޖާ ނެރެވޭ ގޮތަކަށް ކަންތައްތައް ކުރެއްވި ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު ނަތީޖާ ފެންނަމުންދާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރު ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރާ އަންނަ އަހަރަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤައިމްކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާނެ 2 އަހަރު ކަމުގައި ވެގެންދާނެ ކަމަށް ވިދާޅުވެ އެކްސްގައި ޕޯސްޓެއް ހިއްސާ ކުރައްވާފައެވެ. މިކަން ތަކުރާރު ކުރައްވާ  އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުވެސް މިވާހަކައަށް މިއަދު ވަނީ އަލިއަޅުއްވާ ލައްވާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450