Ads by Stelco

ޚަބަރު

ހުރާ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

ހުރާ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

ހުރާ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުން / ފޮޓޯ: އެމްޓީސީސީ

farudhun logo

ފަރުދުން

30 ޑިސެމްބަރު 2025، 06:59

30 ޑިސެމްބަރު 2025، 06:59

ކ. ހުރާ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ހުރާގައި ތަރައްޤީކުރާ ސިއްޙީ މަރުކަޒުގެ މަސައްކަތް ޢަމަލީ ގޮތުން ފައްޓަވާދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެގައި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމްއެވެ.

މި ރަސްމިއްޔާތުގައި ހުރާ ދާއިރާގެ މަޖިލިސް މެންބަރު އަނާރާ ނަޢީމާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދު އާއި ހުރާ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހުރާ ޞިއްޙީ މަރުކަޒުގެ އައު އިމާރާތަކީ 16 އެނދާއެކު ތަރައްޤީކުރާ އިމާރާތެކެވެ. މި މަޝްރޫޢުގެ ދަށުން  15,650 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ފަންގިފިލާއެއްގައި 7،825 އަކަފޫޓު ހުންނާނެކަމަށް، މި މަސައްކަތުގެ ހަވާލުކޮށްފައިވާ އެމްޓީސީސީއިން ވަނީ ހާމަކޮށްފައެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި މަޝްރޫޢުގެ އަގަކީ 27.23 މިލިއަން ރުފިޔާއެވެ.

ސަރުކާރުގެ އަމާޒަކީ ސިއްޙީ ނަޒާމްގެ ތެރެއިން ރަށްރަށުގައި ހުރި ސިއްހީ މަރުކަޒުތަކުގެ ޖާގަ އިތުރުކުރުމެވެ. މިހާރު ހުރި ސިއްޙީ މަރުކަޒުތަކަށް ޖާގަ އިތުރުކުރުމުގެ ގޮތުން އައު އިމާރާތްތައް އެކި ރަށްރަށުގައި ތަރައްޤީކުރުމަށް އެކި ކުންފުނިތަކާ މިހާރުވެސް ވަނީ ހަވާލުކޮށްފައެވެ. މީގެ ތެރެއިން ބައެއް ތަންތަން 2 ފަންގިފިލާއަށް ތަރައްޤީކުރާއިރު އެނދުގެ އަދަދު އިތުރުކުރުމާއި ކުރިން ނުލިބޭ ޚިދުމަތްތައް ފޯރުކޯށްދިނުމަށް އަމާޒު ހިފާފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450