Ads by Stelco

ޚަބަރު

ޒުވާނުންނަށް ޚާއްޞަކޮށްގެން ބޭއްވި "ޔޫތު ހެކަތޯން"ގެ ފަޚުރުވެރި އެއްވަނަ "ސީ ސްޓޭކް" ޓީމަށް

ޒުވާނުންނަށް ޚާއްޞަކޮށްގެން ބޭއްވި "ޔޫތު ހެކަތޯން"ގެ ފަޚުރުވެރި އެއްވަނަ "ސީ ސްޓޭކް" ޓީމަށް

"ޔޫތު ހެކަތޯނު"ގެ ނަތީޖާ ފާޅުކުރުން.

farudhun logo

ފަރުދުން

14 ޑިސެމްބަރު 2025، 02:34

14 ޑިސެމްބަރު 2025، 02:34

ކޯޑިންގ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ޒުވާނުންނަށް ޚާއްޞަކޮށްގެން، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ ޔޫތު ހެކް (ޓެކް ފެއަރ) 2025ގެ ފަޚުރުވެރި އެއްވަނަ ކާމިޔާބުކުރީ "ސީ ސްޓޭކް" ޓީމުންނެވެ.

މި ކާމިޔާބީއާ ގުޅިގެން، "ސީ ސްޓޭކް" ޓީމަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު ޙަވާލުކޮށްދެއްވީ، އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު އަލް-ޙަމާދީއެވެ. 

މި ހެކަތޯންގެ ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ "ވޭވް މައިންޑްސް" ޓީމެވެ. މި ޙަފްލާގައި، ރަނަރަޕް ޓީމު "ވޭވް މައިންޑްސް"އަށް 75,000 ރުފިޔާ، އަދި ތިންވަނަ އަށް ހޮވުނު "ސިކް ސޭވެން" ޓީމަށް 50,000 ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.

މި ހެކަތޯންގައި ޕިޗް ކުރުމަށް ހަތަރު ދާއިރާއެއް ހުޅުވާލިއެވެ. އެއީ: ސްޕޯޓްސް ފިޓްނަސް އެންޑް އެކްޓިވް ލައިފްސްޓައިލް، މެންޓަލް ވެލްނެސް އެންޑް ރެސިލެންސް، ޔޫތު ވެންޗަސް އެންޑް ގިގް އިކޮނޮމީ އަދި އާޓްސް ކަލްޗަރ އެންޑް ޑިޖިޓަލް ކްރިއޭޓިވިޓީއެވެ.

48 ގަޑި އިރަށް ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި 85 ޒުވާނަކު ވަނީ ބައިވެރިވެފައެވެ. ޔޫތު ހެކް ކުރިއަށް ގެންދިޔައީ 11 ޑިސެމްބަރު 2025އިން ފެށިގެން 13 ޑިސެމްބަރު 2025ގެ ނިޔަލަށެވެ. މެދުނުކެނޑި 48 ގަޑި އިރަށް ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި، ޓީމުތަކުން ވަނީ ތަފާތު ހަތަރު ތީމެއް ޓިކް އޭރިއާއަށް ޕިޗްކޮށްފައި ނުވަތަ ހުށަހެޅުންތައް ހުށަހަޅާފައެވެ.

މި ހެކަތޯންގެ މެއިން ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ. އަދި ކޯ-ޕާޓްނަރަކީ ވިމެން އިން ޓެކް އެވެ.

މޯލްޑިވްސް ޔޫތު ހެކަތޯން އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާ ތެރޭގައި ފަށާފައިވާ ޙަރަކާތެކެވެ. މި ޙަރަކާތުގެ ބޭނުމަކީ، ޓެކްނޮލޮޖީގެ ދާއިރާގައި ޒުވާނުން ކުރިއަށް ގެންދިޔުމަށް ބޭނުންވާ ހުނަރު ތަރައްޤީކޮށް، އެ ހުނަރު ބައިނަލްއަޤުވާމީ ފެންވަރުގައި ބޭނުން ކުރެވޭ ވަރަށް ފުރުޞަތުތައް ފަހިކޮށްދީ، އެ ކަން ތަނަވަސްކޮށްދިނުން ކަމަށް ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450