Ads by Stelco

ޚަބަރު

ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑު ރާއްޖެ ގެންނަނީ

ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑު ރާއްޖެ ގެންނަނީ

އަހުމަދު އަޒްމީލް

farudhun logo

ފަރުދުން

14 ޑިސެމްބަރު 2025، 11:51

14 ޑިސެމްބަރު 2025، 11:51

ހުޅުމާލޭ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިޡާގައިި ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑު ރާއްޖެ ގެންނަން ނިންމައިފިއެވެ. 

ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ މަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ލިބުނު އަނިޔާތަކަށް ރާއްޖެއިން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވަނީ އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލް އެވެ. އަޒްމީލްއަކީ ސްޓެލްކޯގައި 21 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ޚިދުމަތް ކުރައްވާފައިވާ، ސުޕަވައިޒަރެއްގެ މަޤާމުގައި ހުރި މުވައްޒަފެކެވެ. 

ސްޓެލްކޯއިން ވިދާޅުވީ އަޒްމީލްގެ ހަށިގަނޑު ރާއްޖެ ގެންނަން ނިންމީ އާއިލާއިން ބޭނުންވެގެން ކަމަށާއި، އަޒްމީލްގެ ހަށިގަނޑު ރާއްޖެ ގެނައުމަށް ހަމަޖައްސަން ޖެހޭ ހުރިހާ އިންތިޒާމެއް ހަމަޖައްސަނީ އެ ކުންފުނިން ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ. 


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450