Ads by Ministry of Arts, Culture and Heritage

ޚަބަރު

ޤައިދީން ގުޅާނަމަ ރިޕޯޓުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޕޯޓަލް އެއް ގާއިމްކޮށްފި

ޤައިދީން ގުޅާނަމަ ރިޕޯޓުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޕޯޓަލް އެއް ގާއިމްކޮށްފި

ފޮޓޯ: ކަރެކްޝަންސް

farudhun logo

ފަރުދުން

13 ޑިސެމްބަރު 2025، 04:18

13 ޑިސެމްބަރު 2025، 04:18

ޖަލުތަކުގައި ތިބޭ ޤައިދީން ގުޅާކަމަށް ޝައްކުކުރެވޭނަމަ އެކަން ރިޕޯޓުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޕޯޓަލް އެއް ގާއިމްކޮށްފިއެވެ.

ކަރެކްޝަނުން ވިދާޅުވީ އެ ސަރވިސްގެ ބެލުމުގެ ދަށުން ހިންގާ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަރާތްތަކުން އާންމު ފަރާތްތަކަށް ފޯނު ކޯލު ކުރަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކަރެކްޝަނަށް ރިޕޯޓުކުރުމުގެ ނިޒާމެއް ގާއިމްކޮށްފައިވާ ކަމަށެވެ. އެ ނިޒާމުގެ ތެރެއިން ރިޕޯޓުކުރެވޭ މައްސަލަތައް ކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުވާ އަދި އަޅަންޖެހޭ ފިޔަވަޅުތައް ކަރެކްޝަނުން އަޅާނެ ކަމުގެ ޔަގީންކަން އެ ސަރވިސް އިން ދެއްވައެވެ.



ކަރެކްޝަންސްއިން ވިދާޅުވީ އާންމު ފަރާތްތަކަށް ބިރުދެއްކުމުގެ ގޮތުން ފައިސާގެ މުޢާމަލާތްތަކާއި ގުޅިގެން ނުވަތަ އެހެނިހެން ކަމަކާ ގުޅޭގޮތުން ކުރާ ފޯން ކޯލަކީ ކަރެކްޝަންގެ ބެލުމުގެ ދަށުން ހިންގާ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަރާތްތަކުން ކުރާ ފޯން ކޯލެއް ކަމަށް ޝައްކު ކުރެވޭނަމަ ތިރީގައިވާ ޕޯޓަލް މެދުވެރިކޮށް ރިޕޯޓު ކުރުމަށް އާންމުންގެ ކިބައިން އެދޭކަމުގައެވެ. 

https://one.gov.mv/entitties/MCS

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450