Ads by Stelco

ޚަބަރު

5 މިލިއަން ގަސް ޕްރޮގްރާމް: ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރުގައި ގަސް އިންދަވައިފި

5 މިލިއަން ގަސް ޕްރޮގްރާމް: ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރުގައި ގަސް އިންދަވައިފި

ރުއް އިންދެވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

13 ޑިސެމްބަރު 2025، 01:35

13 ޑިސެމްބަރު 2025، 01:35

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރ. ދުވާފަރުގައި ގަސް އިންދަވައިދެއްވައިފި އެވެ.

ދިވެހިރާއްޖޭގެ "5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް" ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި ވަނީ ދިވެހި ރުއް އިންދަވައިދެއްވައިފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ރ. ދުވާފަރުގައި ދިވެހި ރުކުގެ 2 ރުއް އިންދަވައިދެއްވީ، އެ ދެކަނބަލުން މިވަގުތު އެރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނުއެވެ.

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރެއިން އެއް ވަޢުދުފުޅަށް ވާއިރު، މި ވަޢުދުފުޅުގައި ޙަޤީޤީ ކުލަޖެއްސެވުމަށް ގިނަ މަސައްކަތްތަކެއް ޤައުމީ ފެންވަރުގައި ގެންދަވަނީ ކުރައްވަމުންނެވެ. މި ޕްރޮގްރާމްގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކުން ދިވެހިރާއްޖެއަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ދިވެހިރާއްޖޭގެ މާހައުލީ ނިޒާމުތައް ހިމާޔަތްކޮށް، ދެމެހެއްޓުމަށާއި، މިހާރުގެ ޖީލަށާއި އަންނާންއޮތް ޖީލުތަކަށް ދިވެހިރާއްޖޭގެ ވެށީގެ ރީތިކަމާއި މުއްސަނދިކަން ފޯރުކޮށްދިނުމަށް އެހީވެދޭނެއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަވަނީ ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް، އެކި ބާވަތްތަކުގެ ގަސްގަހާގެހި ހިމެނޭހެން 967،431 ގަސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ އިންދާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450