ވިޔަފާރި / ޚަބަރު

އަންނަ ހަފްތާއިން ފެށިގެން ބިދޭސީންގެ މައްސަލައިގައި ރަނގަޅު ނަތީޖާތައް ނެރޭތަން ފެންނާނެ: ވަޒީރު ސަޢީދު

އަންނަ ހަފްތާއިން ފެށިގެން ބިދޭސީންގެ މައްސަލައިގައި ރަނގަޅު ނަތީޖާތައް ނެރޭތަން ފެންނާނެ: ވަޒީރު ސަޢީދު

އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

27 ނޮވެމްބަރު 2025، 10:10

27 ނޮވެމްބަރު 2025، 10:10

އަންނަ ހަފްތާއިން ފެށިގެން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަށް ކުރާ މަސައްކަތް ހަލުވިކޮށް، އެކަމުން ރަނގަޅު ނަތީޖާއެއް ނެރޭތަން ފެނިގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން ފާހަގަކުރައްވަމުންނެވެ.

އެގޮތުން ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ މިފަދަ ވިޔަފާރިތައް ރިޕޯޓްކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ، ޒަމާންވީ މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތަށް ލިބުނު އިތުރު ބާރެއްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން 1979ގައި ހަދާފައި އޮތް ފޮރިންއިންވެސްޓްމަންޓް ޤާނޫނު 46އަހަރަށްފަހު ނިމުމަކަށް ގެނެސް، ކުރިމަތިވަމުން އައި މައްސަލަތައް ޙައްލުކުރެވޭނެ ހަރުދަނާ ޤާނޫނެއް އެކުލަވާލެވުމަކީ ބިދޭސީން ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ހިންގާ ވިޔަފާރިތައް ހުއްޓުވައި، ފުރިހަމަ ބާރުވެރިކަމާއެކު ފިޔަވަޅުތައް ތަންފީޒުކުރުމަށް މި ސަރުކާރުން ފަހިކުރި ފުރުސަތެއްކަން ހާމަކުރެއްވިއެވެ.

1979ގައި ހެދިފައި އޮތް ފޮރިންއިންވެސްޓްމަންޓް ޤާނޫނު، 46އަހަރަށްފަހު ނިމުމަކަށްގެނެސް، މިޒަމާނަށް ފެތޭ، އަދި މާޒީގައި ކުރެވިފައިވާ އެކި ތަޖުރިބާތަކުގެ އަލީގައި އޭރުއްސުރެ ކުރިމަތިވަމުން އައި މައްސަލަތައް ޙައްލުކުރެވޭނެ ހަރުދަނާ ޤާނޫނެއް މުޅީން އަލަށް އެކުލަވާލައި، ފާސްކޮށް، ގެޒެޓުކުރެވި ޢަމަލުކުރަން ފެށިފައިވުމަކީ، ބިދޭސީން ނުގަވާއިދުން ރާއްޖޭގައި ހިންގާ ވިޔަފާރިތައް ހުއްޓުވައި، ފުރިހަމަ ބާރުވެރިކަމާއެކު ފިޔަވަޅުތައް ތަންފީޒުކުރުމަށް މި ސަރުކާރުން ފަހިކުރި ފުރުސަތެއް.

އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

އެހެންކަމުން އަންނަ ހަފުތާއިން ފެށިގެން މި މަސައްކަތް ހަލުއިކޮށް، ރަނގަޅު ނަތީޖާތަކެއް ނެރެމުންދާތަން ފެންނާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި މިކަމުގައި ތަންފީޒީ އިދާރާތަކާއި، ވަކީން ޚާއްސަކޮށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ އާއި އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ރޭވާފައިވާކަން ފާހަގަކުރައްވައި ވިދާޅުވީ، މިފަދަ ކޮންމެ ކަންބޮޑުވުމެއް ޙައްލުކުރެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން ކަމަށެވެ.

އެގޮތުން ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ އެއްވެސް ބިދޭސީއަކަށް ފުރުޞަތު ނުދިނުމަށް، އަދި ދިވެއްސެއްގެ ނިވަލުގައި ފިލައި ހުރެ އަމިއްލަ ވިޔަފާރި ހިންގާ އެއްވެސް ބިދޭސީއަކަށް ޖާގަ ނުދިނުމަށް އެންމެން އެއް ރޫޙެއްގައި އެއްބާރުލައިގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރެއްވިއެވެ. 



ވަޒީރު ވިދާޅުވީ، މި ސަރުކާރުން، ރައްޔިތުންގެ މި ކަންބޮޑުވުމަށް ޙައްލު ގެނަސްދީ، ދިވެހީންގެ ވިޔަފާރިތައް ބާރުވެރި ކުރުވައި، ދިވެހީންގެ ތިޔާގިކަމަށް އިސްކަން ދޭނެކަމަށެވެ.

ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ 34 ދައިރާއެއް ހިމަނާ މިހާރުވަނީ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ޤަވައިދާ ޚިލާފަށް ކުރާ ވިޔަފާރީއާ ގުޅިގެން ލިބޭ މަޢުލޫމާތުތައް "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް" މެދުވެރިކޮށް، އަވަސް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން