Ads by Stelco

ޚަބަރު

އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން ފްލެޓުތަކަށް ވަދެވޭނެ: ރައީސުލްޖުމްހޫރިއްޔާ

އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން ފްލެޓުތަކަށް ވަދެވޭނެ: ރައީސުލްޖުމްހޫރިއްޔާ

ގެދޮރުވެރިޔާ ސްކީމުން ދޫކޮށްފައިވާ ފްލެޓުތައް ހިމެނޭ ޓަވަރެއް---

farudhun logo

ފަރުދުން

26 ނޮވެމްބަރު 2025، 06:50

26 ނޮވެމްބަރު 2025، 06:50

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 4،000 ފްލެޓު ލިބިފައިވާ ފަރާތްތަކަށް އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން ފްލެޓުތަކަށް ވަދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަންގާރަ ދުވަހުގެރޭ އާމީނިއްޔާ ސްކޫލުގައި ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު ކުރެއްވި ސުވާލަކަށް އިޝާރާތް ކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، ދިރާސީ އަހަރު ފެށެންވާއިރަށް އެ ތަންތަނަށް ވަދެވޭނެކަމުގެ ޔަޤީންކަން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ލިބިފައިވާ ކަމަށެވެ.

އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް ފްލެޓުތައް ލިބުނު މީހުންނަށް އެ ތަންތަނަށް ވަދެވޭނެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،800 އެޕާޓްމެންޓާއި ދެ ކޮޓަރީގެ 1،200 އެޕާޓްމެންޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ.

އަންގާރަ ދުވަހު މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހުރިއްޔާ ވަނީ، އަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ރަސްމާލެ ހިއްކައި އެ ތަނުން 15،000 ގޯތި ދޫކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

އެ ތަނުން 1،250 އަކަފޫޓުގެ ޖުމްލަ 25،000 ގޯތި ދޫކުރަން ނިންމާފައިވާއިރު، ބާކީ 10،000 ގޯތި ދެން އަންނަ ފިޔަވައްސެއްގައި ދުކުރާނެކަމަށް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ، 15،000 ގޯތީގެ ތެރެއިން 10،000 ގޯއްޗަކީ މާލޭގެ ރަށްވެހިންނަށް ދޫކުރާނެ ގޯތިކަމަށެވެ. އޭގެ ތެރޭގައި ހިމެނޭނީ މާލެއަށް އުފަން ރަށްވެހިންނާއި، ދަފްތަރުގައި ތިބި ރަށްވެހިންކަމަށް ވެސް ހާމަކޮށްފައި ވެއެވެ. އަދި އަނެއް 3،000 ގޯއްޗަކީ މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ، އެހެން ރަށްރަށުގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، މައިމޮޅިވެފައިވާ ފަރާތްތަކަށް 450 ގޯއްޗާއި، މާލޭގައި ގެ ހެދުމަށް ލޯނު ނުނެގޭ ފަދަ ތަންތާގައި ހުރި ގޯތިތައް ބަދަލުކުރުމަށް ރަސްމާލެއިން 1،500 ގޯތި ދޫކުރަން ނިންމާފައިވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން