Ads by Stelco

ޚަބަރު

ޅ. ނައިފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ %16 މަސައްކަތް އެމްޓީސީސީން ނިންމާލައިފި

ޅ. ނައިފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ %16 މަސައްކަތް އެމްޓީސީސީން ނިންމާލައިފި

މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްޓީސީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

24 ނޮވެމްބަރު 2025، 11:51

24 ނޮވެމްބަރު 2025، 11:51

ޅ. ނައިފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ %16 މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ނިންމާލައިފި އެވެ.

އެމްޓީސީސީން ވިދާޅުވީ، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ތެރެއިން ބިން ހިއްކުމުގެ %16 މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. ހަމަ އެއާއެކު، އެ މަސަައްކަތުގެ ތެރެއިން ވެލި ބަންޑުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މަސައްކަތުގެ %25 މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއުގެ ދަށުން، 44.80 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 1813 މީޓަރުގެ ސަރަޣައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. ހަމަ މިއާއެކު، 474 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 803 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢަކީ، 679.03 މިލިއަން ރުފިޔާއަށް 630 ދުވަސްތެރޭ ނިންމުމަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން  އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން