ޚަބަރު
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލި 14 މީހުންގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް
ޓެކްސް އެޕީލް ޓްރައިބިއުނަލް/ފޮޓޯ: އެޑިޝަން އެމްވީ
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލި 14 މީހުންގެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވާފައިވަނީ އެ ޓްރައިބިއުނަލްގެ 5 މެންބަރެއްގެ މަޤާމުގެ މުއްދަތު މިމަހުގެ 29 އަށް ހަމަވާތީއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 5 މެންބަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2 ފަހަރު ހުޅުވާލާފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން، މެންބަރުކަމުގެ މަޤާމަށް އެންމެ ފަހުން ހުޅުވާލި ފުރުޞަތުގައި 14 މީހަކު ކުރިމަތިލާފައިވުމާއި ގުޅިގެން، އެ ހުރިހާ އެންމެންގެ ނަންތައް ދިރާސާކޮށް ޓްރައިބިއުނަލަށް 5 މެންބަރުން ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލި 14 ފަރާތް:
- އަހުމަދު ޔާމީން، ބީޗް ކޯނަރ/ ގދ. ގައްދޫ
- އަލްއުސްތާޛާ ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ/ ގއ. ނިލަންދޫ
- އަލްއުސްތާޛާ އައިޝަތު އިޝާ، ހުޅުމާލެ ފްލެޓް 88-2-02
- އަލްއުސްތާޛާ އުސާމާ މޫސާ، ޗަމަން/ ށ. ކޮމަންޑޫ
- ހަސަން ނާސިޙް އަހުމަދު، މާވަހި/ ސ.ހިތަދޫ
- އަލްއުތާޛް އިބްރާހިމް އަފީފް، ގުލްބަހާރުގެ/ ބ. ތުޅާދޫ
- ހަސަން ޒުހައިރު މުހައްމަދު، ގ.މާވާރުލު
- އަލްއުސްތާޛާ ޝައުފާ އިބްރާހިމް، އަކިރިވިލާ/ ދ. މީދޫ
- މުޙައްމަދު ވަހީދު އަލީ، ދަފްތަރު ނަންބަރު ރސ.4095
- މުޙައްމަދު އިމްތިޝާލް އަހުމަދު، މއ. މަލުވިލާ އުތުރުބައި
- އައިމިނަތު ޝާދިޔާ، މ.ޕިސްތާގެ
- އަލްއުސްތާޛް އިބްރާހިމް ޝަރީފް، ގ. އަލިޝާ
- އަލްއުސްތާޛް މުޙައްމަދު އަމީން ޒާހިރު، ނީލާ/ ސ. ހިތަދޫ
- މުޙައްމަދު އަބާން އިބްރާހިމް، ގ. އަންމޯލް
ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ، ޓެކްސްއާ ގުޅުންހުރި މައްސަލަތައް ބަލައި، އެ މައްސަލަތަކާމެދު ގޮތް ނިންމުމުގެ ބާރު ލިބިގެންވާ މުހިންމު މުއައްސަސާއެކެވެ.