Ads by Stelco

ޚަބަރު

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ވޭމަންޑޫގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ވޭމަންޑޫގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި

ވޭމަންޑޫގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވުން: ފޮޓޯ- އިސްލާމިކް މިނިސްޓްރީ

farudhun logo

ފަރުދުން

22 ނޮވެމްބަރު 2025، 11:13

22 ނޮވެމްބަރު 2025، 11:13

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ތ.ވޭމަންޑޫގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއްހުޅުވައިފިއެވެ.

 ނޮވެންބަރު މަހުގެ ތެރޭގައި ވޭމަންޑޫގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުއްވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ވަޢުދުވެވަޑައިގަތީ މިއަހަރުތެރޭ ވޭމަންޑޫއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ތ. ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ހުޅުވައިދެއްވީ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒު ހިންގެވުމާ ހަވާލުވެހުރި، ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާންއެވެ. މިރަސްމިއްޔާތުގައި ތ އަތޮޅު ކައުންސިލްގެ ރައީސް އަބްދުالله ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ތ. ވޭމަންޑޫގައި ޤާއިމްކޮށްފައިވާ އައުޓްރީޗް ސެންޓަރ ގައި 2 ކްލާސް ރޫމާއި އޮފީސް ބައެއް ހިމެނެއެވެ.  ސަރުކާރުން ކީރިތި ޤުރުއާނުގެ ޢިލްމާއި ފަންނު ދިރުވައި އާލާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. އެގޮތުން ވޭމަންޑޫގައި ޤާއިމްކުރެވިގެންދިޔަ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕަކީވެސް ޤުރުއާނުގެ ޢިލްމު ފެތުރުމުގެ ގޮތުން އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެެ. 

Ads by MSS

މި ލިޔުން ކިޔާލުމުން