ޚަބަރު
ބޮޑުތަކުރުފާނު މަގުގައި ހުންނަ ތެޔޮ ޕަމްޕު ސްޓޭޝަން ސަރަހައްދުން ދަތުރުކުރާއިރު ސަމާލުވާން ފުލުހުން އެދެފި
އެކްސިޑެންޓް ހިނގާކަމަށް ފާހަގަ ވަފައިވާ ސަރަހައްދު
ފަރުދުން
20 ނޮވެމްބަރު 2025، 12:43
20 ނޮވެމްބަރު 2025، 12:43
ބޮޑުތަކުރުފާނު މަގު، ސްވިމިން ޓްރެކް ކައިރީގައި ހުންނަ ތެޔޮ ޕަމްޕު ސްޓޭޝަން ސަރަހައްދުގައި އެކްސިޑެންޓު ހިނގާ އަދަދު އިތުރުވަމުންދާތީ، އެ ސަރަހައްދުން ދަތުރުކުރާއިރު ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.
ފުލުހުން، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ، އެ ސަރަހައްދުގައި ގިނައިން އެކްސިޑެންޓު ހިނގާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މަގުން ދުއްވާ މީހުންނާއި މަގު ހުރަސް ކުރާއިރު އިތުރަށް ސަމާލުވާން ވަނީ އިލްތިމާސްކޮށްފަ އެވެ. ފުލުހުން ހިއްސާ ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ އެސަރަހައްދުގައި ދަތުރު ކުރާ ފަރާތްތަކުން ދަތުރުކުރާއިރު ދުވެލި މަޑުކޮށް، ފުރިހަމައަށް ސަމާލުކަން ދިނުމާއި ޓްރެފިކް ގަވާއިދުތަކަށް ބޯލެނބުން އަދި ރައްކާތެރި މިންވަރަކަށް ދުރުމިން ބެހެއްޓުމަށް އެދިފައި ވެއެވެ.
ފުލުހުން ވަނީ ގިނައިން އެކްސިޑެންޓު ހިނގާ ސަރަހައްދެއްކަން އެނގޭނެ ބޯޑެއް އެ ސަރަހައްދުގައި ބަހައްޓާފައެވެ.