ޚަބަރު
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލުން.
ފަރުދުން
18 ނޮވެމްބަރު 2025، 03:17
18 ނޮވެމްބަރު 2025، 03:17
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ ޢަދަދެއްގެ ބަނގުރާ ދޫނިދޫގައި އަދު ނައްތާލައިފިއެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، ދޫނިދޫގައި މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 1587 ފުޅި ބަނގުރާ، 189 ދަޅު ބަނގުރާ، އަދި އެހެނިހެން ތަކެތީގެ ގޮތުގައި 33 އައިޓަމެކެވެ.
މި ތަކެއްޗަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ ބަނގުރާގެ މައްސަލަތަކުގެ ތެރެއިން ކޭސްކުރެވިފައިވާ މައްސަލަތަކުގައި، ތަޙުލީލު މަރުޙަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރައާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރައެވެ.
ފުލުހުން ބުނީ، ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާ އަދި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުރާނެ ގޮތުގެ ޤަވާޢިދުގެ ދަށުން، އެ ކަަމަށްޓަކައި އެކުލެވިފައިވާ ޚާއްޞަ ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށެވެ.
ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިhttps://t.co/WrXLvdpEEL pic.twitter.com/F8rXgzvgZa
— Maldives Police (@PoliceMv) November 18, 2025