Ads by Stelco

ޚަބަރު

"މުދިމުންގެ މުސާރަ ބޮޑުކުރުމުން ބައެއް އިސްލާމް ޓީޗަރުން މިހާރު ބޭނުންވަނީ މުދިމުންނަށް ބަދަލުވާން"

"މުދިމުންގެ މުސާރަ ބޮޑުކުރުމުން ބައެއް އިސްލާމް ޓީޗަރުން މިހާރު ބޭނުންވަނީ މުދިމުންނަށް ބަދަލުވާން"

ގްރޫޑު 10ގެ އިސްލާމް ފޮތް - މުސާރައަށް ބަލައި އިސްލާމް ޓީޗަރުން ބޭނުންވަނީ މުދިމުންނަށް ބަދަލުވާން / ފޮޓޯ: މިހާރު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

18 ނޮވެމްބަރު 2025، 09:47

18 ނޮވެމްބަރު 2025، 09:47

މުދިމުންގެ މުސާރަ ބޮޑުކުރުމުން ބައެއް އިސްލާމް ޓީޗަރުން މުދިމުންނަށް ބަދަލުވާން ބޭނުންވެގެން އުޅޭ ޚަބަރު ލިބިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

"ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104" މި ނަމުގައި މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރުމަށް ހޯމަ ދުވަހުގެރޭ ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މުދިމުންގެ މުސާރަ ބޮޑުކުރުމާއެކު، ކުރިން ވިސްނިފައި ނެތް ހާލަތެއް ކުރިމަތިވެދާނެކަމުގެ ޚަބަރުތައް ލިފައިވާ ކަމަށާއި، އެއީ އިސްލާމް ޓީޗަރުން އެ ވަޒީފާ ދޫކޮށްލުމަށްފަހު މުދިންކަމަށް ބަދަލުވާން ބޭނުންވެގެން އުޅޭ ކަމުގެ ޚަބަރު ކަމަށެވެ.

މި ޚަބަރު ދެއްވުމަށްފަހު އެ މަނިކުފާނު ވިދާޅުވީ، މިކަމުގައި ޙައްލެއް ހޯއްދެވޭނެ ލަފާ ތަޢުލީމީ ވަޒީރަށް ދެއްވާފައިވާނެކަމަށެވެ.

އަޅުގަނޑު އެޑިއުކޭޝަން މިނިސްޓަރަށް ދަންނަވައިފިން ޕޭ ކޮމިޝަނަށް އަވަހަށް ވަޑައިގަންނަވާށޭ. ވަޑައިގެން ކޮންމެވެސް ކަހަލަ އުސޫލެއް ހަމަޖައްސަވާށޭ، އިސްލާމް ޓީޗަރުކަން ދޫކޮށްނުލާ މުދިންކަންކުރާއިރު އެލަވަންސެއް ލިބޭގޮތް ހަދަން. އޭރުން އިސްލާމް ޓީޗަރުކަން ވެސް ކުރެވޭނެ އަދި މުދިންކަން ވެސް ކުރެވޭނެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މި މަހުން ފެށިގެން މުސާރައަށް ބަދަލު ގެނައުމުގެ ކުރިން މުދިމުންނަށް އަސާސީ މުސާރައިގެ ގޮތުގައި ލިބެމުން ދިޔައީ 3،565 ރުފިޔާއެވެ. އަދި މުސާރައަށް ގެނައި ބަދަލާއެކު މުދިމުންގެ އަސާސީ މުސާރަ ވަނީ 8،295 ރުފިޔާއަށް ބޮޑުވެފައެވެ. އެއީ %133ގެ ކުރިއެރުމެކެވެ.

އާދިއްތަ ދުވަހުގެރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުސާރައަށް އައި ހެޔޮ ބަދަލުތަކުގެ މަޢުލޫމާތުވެސް ޚިއްސާކުރައްވާފައެވެ. އެގޮތުން އެންމެ ދަށް ރޭންކުގައި މަސައްކަތްކުރާ ސިވިލް ސާރވަންޓެއްގެ އަސާސީ މުސާރައަށް ބޮޑު ކުރިއެރުމެއް އައިސް 7،530 ރުފިޔާއަށް ބަދަލުވެފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ ކުރީގައި އެންމެ ކުޑަ އަސާސީ މުސާރައަކީ 3،100 ރުފިޔާ. މީގެ ސަބަބުން އެންމެ ކުޑަ އަސާސީ މުސާރަ ދެގުނައެއް ވެސް ނޫނޭ، އެއަށްވުރެ ވެސް ބޮޑު، 7،530 ރުފިޔާއަށް ބޮޑުވެއްޖެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ އަސާސީ މުސާރަ ވެސް 5،610 ރުފިޔާއިން 9،110 ރުފިޔާ ބޮޑުވެގެން ގޮސްފައިވާ ކަމަށެވެ. އެއީ %62ގެ ކުރިއެރުމެކެވެ.

މި މަޢުޟޫގައި މި މަހު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަސާސީ މުސާރައަށް ގެނައި ބަދަލާއެކު މުވައްޒަފުންގެ ޕެންޝަން ފަންޑަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށާއި، އަދި އޭގެ ސަބަބުން ރިޓަޔާކުރާއިރު ފަހަކަށް ރައްކާކުރެވިފައި ހުންނަ މިންވަރުވެސް އިތުރުވެގެންދާނެ ކަމަށެވެ. އަދި ޕެންޝަން ފަންޑުން މުވައްޒަފުންނަށް ލިބޭ ފައިދާތައް އިތުރުކުރުމަށް ޤާނޫނަށް އިސްލާހުތައް ގެންނަވަމުންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން