Ads by Stelco

ޚަބަރު

އަނިޔާކުރާކަމުގެ ރިޕޯޓަކާގުޅިގެން އެޕާޓްމަންޓެއް ބަލައި ފާސްކޮށް 17 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދައިފި

އަނިޔާކުރާކަމުގެ ރިޕޯޓަކާގުޅިގެން އެޕާޓްމަންޓެއް ބަލައި ފާސްކޮށް 17 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދައިފި

އަނިޔާކުރާކަމުގެ ރިޕޯޓަކާގުޅިގެން އެޕާޓްމަންޓެއް ބަލައި ފާސްކޮށް ޑްރަގާއެކު ހައްޔަރުކުރި މީހާ: ފޮޓޯ- ފުލުހުން

farudhun logo

ފަރުދުން

11 ނޮވެމްބަރު 2025، 06:00

11 ނޮވެމްބަރު 2025، 06:00

އެމް.ޕީ.އެލް ޓަވަރެއްގެ އެޕާޓްމަންޓަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ތަކެތި ފެނިފައިވަނީ 2025 ނޮވެމްބަރ 09 ވަނަ ދުވަހުގެ ރޭ ދަންވަރު 01:31 ހާއިރު، ފިރިހެނަކަށް އަނިޔާކުރާ އަޑު އިވޭކަމަށް ބުނާ ރިޕޯޓަކަށް ފުލުހުން ރެސްޕޮންޑްކުރުމަށްފަހު އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު ކަމަށެވެ.

އެގޮތުން މި އެޕާޓްމަންޓް ބަލާފާސްކުރި އިރު، ވަގުތީ ބަރުދަނުގައި 17.39 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފުލުހުންނަށް ވަނީ ފެނިފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން، އެވަގުތު އެޕާޓްމަންޓުގައި ހުރި، ދަފްތަރު. ނަންބަރު ދރ 1786 / މާލެ، މުޙައްމަދު ޖަޒުލާން އަޝްރަފު (29 އަހަރު) ވަނީ ހައްޔަރުކޮށްފައިވާކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

މުޙައްމަދު ޖަޒުލާން އަޝްރަފުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ޑްރަގް އެންފޯސްމަންޓާއި ހުޅުމާލެ ޕޮލިސް ގުޅިގެންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން