Ads by Stelco

ޚަބަރު

ހަނިމާދޫ އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބެއް ވަޑައިގެންފި

ހަނިމާދޫ އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބެއް ވަޑައިގެންފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އެޤައުމުގެ ސިވިލް އެވިއޭޝަން މިނިސްޓަރ ކިންޖަރަޕޫ ރާޕް މޯހަން ނައިޑޫ ރާއްޖެ ވަޑައިގެންފި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ނޮވެމްބަރު 2025، 01:25

09 ނޮވެމްބަރު 2025، 01:25

މިރޭ ހުޅުވުމަށް ތައްޔާރުވަމުން އަންނަ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އެޤައުމުގެ ސިވިލް އެވިއޭޝަން މިނިސްޓަރ ކިންޖަރަޕޫ ރާޕް މޯހަން ނައިޑޫ ރާއްޖެ ވަޑައިގެންފިއެވެ.

އިންޑިއާގެ ސިވިލް އެވިއޭޝަން މިނިސްޓަރ ކިންޖަރަޕޫ ރާޕް މޯހަން ނައިޑޫއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. މި ރަސްމިއްޔާތަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުމުގެ މުހިއްމުކަން ރަމްޒުކޮށްދޭ ރަސްމިއްޔާތެކެވެ.



ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ އިންޑިއާގެ އެގްޒިމް ބެންކްގެ ލޯނު އެހީގައި ކުރިއަށްގެންދިޔަ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން އެއަރޕޯޓު ތަރައްޤީކޮށްފައިވަނީ އެންމެ ބޮޑެތި A-320 އަދި ބޮއިން 737 މަރުކާގެ ބޯޓުތައް ޖެއްސޭ ފެންވަރަށެވެ. މީގެ އިތުރުން، އަތޮޅުތަކުގެ އެއަރޕޯޓުތަކުގެ ތެރެއިން ފުރަތަމަ ފަހަރަށް އެއިރޯ ބްރިޖާއެކު ތަރައްޤީކޮށްފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކޮށްފައިވަނީ އަހަރަކު 1.3 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެ ފެންވަރަށެވެ.

މި މަޝްރޫޢަކީ ޖުމުލަ 136.6 މިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ. އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި މަސައްކަތްކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީއާއި ހަވާލުކޮށްގެންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން