Ads by Stelco

ޚަބަރު

އއ. މަތިވެރީގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް 600 ކިލޯވޮޓްގެ ޖެންސެޓެއް ގެންގޮސްފި

އއ. މަތިވެރީގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް 600 ކިލޯވޮޓްގެ ޖެންސެޓެއް ގެންގޮސްފި

އައު ޖެންސެޓް ގެންދިޔުން/ފޮޓޯ: ސްޓެލްކޯ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

08 ނޮވެމްބަރު 2025، 10:47

08 ނޮވެމްބަރު 2025، 10:47

އއ. މަތިވެރީގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް 600 ކިލޯވޮޓްގެ އިތުރު ޖެނެރޭޓަރެއް އެ ރަށަށް ގެންގޮސްފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ، އެރަށަށް އިތުރު ޖެންސްޓެއް ގެންގޮސްފައިވަނީ ރަށަށް އަންނަމުންދާ ތަރައްޤީއާއި، ލޯކަލް ޓޫރިޒަމްގެ ދާއިރާއިން އިތުރުވަމުންދާ ޑިމާންޑަށް ބެލުމަށްފަހުގައި ކަމަށެވެ.

ސްޓެލްކޯއިން 'އެކްސް' ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޢުމްރާނީ ގޮތުންނާއި، ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން އއ. މަތިވެރިއަށް އަންނަމުންދާ ތަރައްޤީއާއި ގުޅިގެން، ކަރަންޓުގެ ޚިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި 600 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް އެ ރަށަށް ގެންދެވިފައިވާ ކަމަށެވެ. އަދި މި ޖަނަރޭޓަރު އިންސްޓޯލްކުރެވި، ކޮމިޝަން ކުރެވުމާއިއެކު އެރަށުގެ ކަރަންޓު ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

ސްޓެލްކޯ އިން ދަނީ، ރާއްޖޭގެ އެކި ރަށްތަކަށް އެ ކުންފުނިން ދެމުންދާ ކަރަންޓުގެ ޚިދުމަތް ފުރިހަމަކޮށް، ރަނގަޅުކުރުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން