Ads by Stelco

ޚަބަރު

އުކުޅަހުގައި ކުރިއަށް ގެންދިޔަ ގެސްޓްހައުސް މެނޭޖްމެންޓް ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

އުކުޅަހުގައި ކުރިއަށް ގެންދިޔަ ގެސްޓްހައުސް މެނޭޖްމެންޓް ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

އުކުޅަހުގައި ކުރިއަށް ގެންދިޔަ ގެސްޓްހައުސް މެނޭޖްމެންޓް ކޯސް ނިންމުމުގެ ރަސްމިއްޔާތު ބޭއްވުން.

farudhun logo

ފަރުދުން

04 ނޮވެމްބަރު 2025، 04:49

04 ނޮވެމްބަރު 2025، 04:49

ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ.)ގެ ދަށުން އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައު ކުރިއަށް ގެންދިޔަ ގެސްޓްހައުސް މެނޭޖްމެންޓް ކޯސް ފުރިހަމަކުރި ބައިވެރީންނަށް ސަނަދު ޙަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ،ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ޙުސައިން ޖަވާޒެވެ.

"ކޮމިއުނިޓީ އަޕްސްކިލިންގް ޕްރޮގްރާމް" އަކީ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންގެ ހުނަރު ތަރައްޤީކޮށް، މަސައްކަތުގެ ދާއިރާއިން އެންމެ ދަށްވެގެން އެމް.އެން.ކިޔު.އެފް. ލެވެލް 3 ގެ ސަނަދެއް ލިބިފައިވާ ބަޔަކަށް ޒުވާނުން ހެދުމުގެ މަޤުޞަދުގައި ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ އަމާޒުތަކުގެ ތެރޭގައި، ކޮންމެ ޒުވާނަކީ ވެސް ހުނަރުވެރި މަސައްކަތެއް ކުރާން ދަންނަ މީހަކަށް ހެދުމާއި، ތަފާތު މަރުޙަލާތަކުގައި އެކި ސަބަބުތަކާހުރެ މަދަރުސީ ދައުރު ފުރިހަމަނުކޮށް ވަކިވެފައި ތިބި ޒުވާނުންނަށް ހުނަރެއް ދަސްކޮށްދިނުމާއި، އަދި ޒުވާނުންނަށް ވަޡީފާގެ އިތުރު ދޮރެއް ހުޅުވައިދީ އަމިއްލަ މަސައްކަތެއް ފެށުމަށް އެދޭ ޒުވާނުންނަށް އެ ފުރުޞަތު ފަހިކޮށްދިނުން ހިމެނެއެވެ.

މި ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ އިސްނެގުމުގެ ދަށުން ކުރިއަށްގެންދާ ވަރަށް ޚާއްޞަ ޕްރޮގްރާމެކެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން