Ads by Stelco

ޚަބަރު

ބ. އޮޅުގިރީ ދެކުނުން 4.5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމުކޮށްފި

ބ. އޮޅުގިރީ ދެކުނުން 4.5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމުކޮށްފި

ބ. އޮޅުގިރީ ދެކުނުން 4.5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމުކޮށްފި.

farudhun logo

ފަރުދުން

04 ނޮވެމްބަރު 2025، 04:16

04 ނޮވެމްބަރު 2025، 04:16

މާޅޮސްމަޑުލު ދެކުނުބުރީ އޮޅުގިރީގެ ދެކުނުން 4.5 މޭލު ބޭރުގައި އަދު ވަދު ކަނދުފަތި ޤާއިމުކޮށްފިއެވެ.

މި ކަނދުފަތީގެ ނަންބަރަކީ G08V01 އެވެ. މި ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:

00°,04.56'N

72°59.000'E

މި ކަނދުފަތި ޤާއިމުކުރުމުގެ މަޤުޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމެވެ. މި ވަދު ކަނދުފަތި ޤާއިމުކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރީންނަށް، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް، ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

ރާއްޖޭގެ އެކި ޙިސާބުތަކުގައި ކަނދުފަތިތައް ޤާއިމުކުރުމަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. އަދި އެއީ ސަރުކާރުން މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެއް ވެސް މެއެވެ.

ދިވެހިރާއްޖޭގެ ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅައުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމުގެ މަޝްރޫޢެއް ވުޒާރާއިން ވަނީ ފަށާފައެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން