Ads by Stelco

ޚަބަރު

ޖަމާޢާތުގައި ކުރެވުނު ފަތިސް ނަމާދަށްފަހު ނަޞްރުގެ ދުވަހުގެ ހަރަކާތްތައް ސިފައިން ފަށައިފި

ޖަމާޢާތުގައި ކުރެވުނު ފަތިސް ނަމާދަށްފަހު ނަޞްރުގެ ދުވަހުގެ ހަރަކާތްތައް ސިފައިން ފަށައިފި

ޖަމާޢަތުގައި ފަތިސް ނަމާދުކުރުން / ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

03 ނޮވެމްބަރު 2025، 07:06

03 ނޮވެމްބަރު 2025، 07:06

އެއް ޖަމާޢާތުގައި ކުރެވުނު ފަތިސް ނަމާދަށްފަހު ނަޞްރުގެ ދުވަހުގެ ހަރަކާތްތައް ސިފައިން ފަށައިފިއެވެ.

ގިނަ އަދަދެއްގެ ސިފައިންނާއެކު އިސްލާމީ މަރުކަޒުގައި ކުރި ފަތިސް ނަމާދުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ޖަމާޢަތުގައި ދަޢުލަތުގެ ވަޒީރުންނާއި އިސްވެރީން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ނަޞްރުގެ ދުވަހުގެ ފުރަތަމަ ހަރަކާތެއްގެ ގޮތުން ކުރިޔަށް ދިޔައީ 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމެވެ.

ދުވަހާ ގުޅިގެން އޮންނަ ޚާއްޞަ ކަމެއްގެ ގޮތުގައި ދެން އޮންނާނީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާއެވެ. ރަސްމީ ޖަލްސާ އޮންނާނީ ހެނދުނު 9:00 ޖަހާއިރު، ޒުވާނުންގެ މަރުކަޒުގައެވެ. 

އަދި ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި ބާއްވާ ހަރަކާތުގައި، ރާއްޖެއަށް ކުރިމަތިވެދާނެ ނިރުބަވެރި ހަމަލާއެއް ނާކާމިޔާބުކޮށްލުމަށް ދިވެހި އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަނެއްގެ ޑެމޮންސްޓްރޭޝަނެއް ހުށައަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގައި ސިފައިންގެ ހުނަރާއި ޤާބިލުކަން ފެނިގެންދާނެއެވެ. މިދިޔަ އަހަރާ ޚިލާފަށް ސިފައިން ބޭނުންކުރާ އުޅަނދާއި، ތަފާތު އާލާތްތައް އޮޕަރޭޝަނެއްގައި ބޭނުންކުރެވޭ ގޮތް ރައްޔިތުންނަށް ދައްކާލެވޭނެ ކަމަށް ޤައުމީ ދިފާޢީ ބާރުން ވަނީ ހާމަކޮށްފައެވެ. 

މި އަހަރު ބާއްވާ ނަޞްރުގެ ދުވަހުގެ ޚާއްސަ މައުރަޒު އޮންނާނީ ގދ. ތިނަދޫ ސިޓީގައެވެ. 3 ނޮވެންބަރުގެ ޙަމަލާގައި އެންމެ ފުރަތަމަ ޝަހީދުވެވަޑައިގެންނެވި ސިފައިންގެ ބޭކަލެއްކަމުގައިވާ ޢަބްދުﷲ ޒުހައިރު ނިސްބަތްވެވަޑައިގަންނަވަނީ ތިނަދުއަށެވެ. މި މައުރަޒު އޮންނާނީ މިމަހުގެ 7 އަދި 8 ވަނަ ދުވަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން