Ads by Stelco

ޚަބަރު

ހިތަދޫ ކަސްޓޯޑިއަލްއަށް މަސްތުވާތަކެތި ވެއްދި ފުލުހަކަށް ދައުވާކުރަނީ

ހިތަދޫ ކަސްޓޯޑިއަލްއަށް މަސްތުވާތަކެތި ވެއްދި ފުލުހަކަށް ދައުވާކުރަނީ

ފުލުހުން މީގެ ކުރިން ހޯދާފައިވާ ޑްރަގްތަކެއް

farudhun logo

ފަރުދުން

02 ނޮވެމްބަރު 2025، 12:46

02 ނޮވެމްބަރު 2025، 12:46

އައްޑޫ ސިޓީ، ހިތަދޫ ކަސްޓޯޑިއަލްއަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށް، ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް, ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޕޮލިސް ކޮންސްޓަބަލް ސ. ހިތަދޫ، ފުނަގެ މުހައްމަދު ނައުފް ނަސީމް، 25، އެވެ. އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައި ވެއެވެ. އެ މުއްދަތު ހަމަވުމުން ފުލުހުން ވަނީ އޭނާ ދޫކޮށްލާފަ އެވެ. ފުލުހުން ވިދާޅުވީ، ހިތަދޫއަށް ނިސްބަތްވާ 25 އަހަރުގެ ކޮންސްޓަބަލް މަގާމުގައި ހުރި ފުލުހަކު ހިތަދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ވެއްދުން މަނާ ތަކެތި ވައްދަން އުޅޭ ކަމަށް މައުލޫމާތެއް ލިބުނު ކަމަށެވެ.

މިކަމާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ 22:54 ހާއިރު، އޭނާ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައިގެ ތަހުގީގު ނިންމާ އޮކްޓޯބަރު 13، ގައި ނައުފް ގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު އޭނާ މިހާރު ވަނީ މުސާރަ ނުލިބޭ ގޮތަށް ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށްފަ އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން