Ads by Stelco

ޚަބަރު

މެންބަރުން ހަމަނުވާތީކަމަށް ބުނެ އުވާލި ލޭބަރ ޕާޓީ، ސިވިލް ކޯޓުގެ ހުކުމާއެކު އަލުން އިއާދަކޮށްފި

މެންބަރުން ހަމަނުވާތީކަމަށް ބުނެ އުވާލި ލޭބަރ ޕާޓީ، ސިވިލް ކޯޓުގެ ހުކުމާއެކު އަލުން އިއާދަކޮށްފި

ލޭބަރ ޕާޓީގެ މެންބަރުންތަކެއް--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

02 ނޮވެމްބަރު 2025، 12:06

02 ނޮވެމްބަރު 2025، 12:06

މެންބަރުން ހަމަނުވާތީކަމަށް ބުނެ އުވާލި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ސިވިލް ކޯޓުގެ ހުކުމާއެކު އަލުން އިއާދަކޮށްފިއެވެ.

އެމްއެލްއެސްޑީޕީ އުވާލާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އިލެކްޝަންސް ކޮމިޝަނުން ވަނީ، އެ ޕާޓީ އިއާދަކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިދިޔަ ބުރާސްފަތި ދުވަހު ހިމަނާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ޕާޓީ އުވާލީ ޤާނޫނާ ޚިލާފަށް ކަމަށްބުނެ ސިވިލް ކޯޓަށް އެމްއެލްއެސްޑީޕީން ހުށަހެޅި މައްސަލަ  މިދިޔަ މަހު ނިމިފައިވާއިރު، ކޯޓުން ވެސް ވަނީ އެ ޕާޓީ އުވާލީ ޤާނޫނާ ޚިލާފަށް ކަމަށް ނިންމާފައެވެ. އެހެންކަމުން، ކޯޓުގެ ހުކުމާއެކު އެ ޕާޓީ އަލުން ދަފްތަރުގައި ހިމަނާފައިވާއިރު އެ ޕާޓީގައި މިހާރު ތިބީ 1874 މެންބަރުންނެވެ. އެއީ އެ ޕާޓީ އުވާލުމާ ހަމައަށް ތިބި މެންބަރުންގެ ތެރެއިން އެހެނިހެން ޕާޓީތަކަށް މިހާރު ސޮއިކޮށްފައިވާ މެންބަރުން އުނިކުރުމަށްފަހު ކަމަށް އިލެކްޝަންސް އިން ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ ޢަދަދަށް މެންބަރުން ހަމަނުވާތީކަމަށް ބުނެ، ލޭބަރ ޕާޓީ އުވާލާފައިވަނީ 2023 ވަނަ އަހަރުއެވެ. އޭރު އެ ޕާޓީގައި ތިބީ 2556 މެންބަރުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން