ޚަބަރު
ޓޯޗް ރަންގައި ސްޓެލްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެއްޖެ
ޓޯޗް ރަންގައި ސްޓެލްކޯގެ މުވައްޒަފުން ބައިވެރިވުން
ފަރުދުން
02 ނޮވެމްބަރު 2025، 10:21
02 ނޮވެމްބަރު 2025، 10:21
ޓޮބެކޯ ފްރީ ޖެނެރޭޝަން މޫވްމަންޓް އިފްތިތާހް ކުރުމަށް ކުރިއަށްގެންދިޔަ 24 ގަޑިއިރުގެ ޓޯޗް ރަންގައި ސްޓެލްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެއްޖެއެވެ.
ސްޓެލްކޯއިން ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ޓޮބެކޯ ފްރީ ޖެނެރޭޝަން މޫވްމަންޓް އިފްތިތާޙު ކުރުމަށް ކުރިއަށްގެންދިޔަ 24 ގަޑިއިރުގެ ޓޯޗް ރަންގައި އެކުންފުނީގެ މުވައްޒަފުން ބައިވެރިވެފައިވާކަމަށެވެ. އެގޮތުން ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ފައިދާހުރި މިފަދަ އިޖުތިމާޢީ ހަރަކާތްތަކުގައި ފަސްޖެހުމެއްނެތި ބައިވެރިވުމުގައި އެކުންފުނީގެ މުވައްޒަފުން ދައްކާ ހިތްވަރަށް ސާބަސްދީފައި ވެއެވެ.
ޓޮބެކޯ ފްރީ ޖެނެރޭޝަން މޫވްމަންޓް އިފްތިތާހް ކުރުމަށް ކުރިއަށްގެންދިޔަ 24 ގަޑިއިރުގެ ޓޯޗް ރަންގައި މިކުންފުނީގެ މުވައްޒަފުން ވަނީ ބައިވެރިވެފައި. ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ފައިދާހުރި މިފަދަ އިޖްތިމާޢީ ހަރަކާތްތަކުގައި ފަސްނުޖެހުމެއްނެތި ބައިވެރިވުމުގައި… pic.twitter.com/tQ4GzJfeoc
— STELCO (@STELCOMALDIVES) November 1, 2025
ޖެނެރޭޝަނަލް ބޭން ގާނޫނަށް އަމަލުކުރަން ފެށުމުގެ ގޮތުން ދުންފަތާ ދެކޮޅަށް ކުރިއަށް ގެންދިޔަ މި ދުވުމަކީ ޞިއްޙީ ވުޒާރާ އާއި ކުޅިވަރު ވުޒާރާ ގުޅިގެން ކުރިއަށް ގެންދިޔަ ދުވުމެކެވެ. 24 24 ގަޑި އިރަށް މާލެ އެކުވެނި ޓްރެކްގައި ކުރިއަށް ގެންދިޔަ ދުވުމުގައި 8،959 މީހުން ވަނީ ބައިވެރިވެފައެވެ. މީގެތެރޭގައި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނާއި ގިނަ އަދަދެއްގެ އާންމުން ހިމެނެއެވެ.