ޚަބަރު
18 އެމްބިއުލާންސެއްގެ އިންސްޕެކްޝަންތައް ފުރިހަމަކޮށް ރާއްޖެ ގެނައުމަށް ތައްޔާރުވެއްޖެ
18 އެމްބިއުލާންސެއްގެ އިންސްޕެކްޝަންތައް ފުރިހަމަކޮށް ރާއްޖެ ގެނައުމަށް ތައްޔާރުވެފައި: ފޮޓޯ- އެމްޕީއެލް
ފަރުދުން
30 އޮކްޓޯބަރު 2025، 11:44
30 އޮކްޓޯބަރު 2025، 11:44
ރާއްޖެއަށް ގެންނަން ހަމަޖެހިފައިވާ އެމްބިއުލާންސްތަކުގެ ތެރެއިން ފުރަތަމަ ގެންނަ 18 އެމްބިއުލަންސް އިންސްޕެކްޝަން ދުބާއީގައި ފުރިހަމަކޮށް، ރާއްޖެ ގެނައުމަށް ތައްޔާރުވެއްޖެއެވެ.
ސިއްޙީ ވުޒާރާއިން މޯލްޑިވްސް ޕޯޓްސް ލިބިޓެޑް، އެމްޕީއެލްއާއި ހަވާލުކޮށްގެން ގެނައުމަށް ހަމަޖެހިފައިވަނީ 56 އެމްބިއުލާންސެވެ. މިކަމާ ގުޅިގެން އެމްޕީއެލްއިން ވިދާޅުވީ އެ ކުންފުންޏާ ހަވާލުކުރި 56 އެމްބިއުލަންސް ގެނައުމުގެ މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ރާއްޖެ ގެންނަ 18 އެމްބިއުލަންސް އިންސްޕެކްޝަންތައް ދުބާއީގައި ފުރިހަމަކޮށްފައިވާކަމަށެވެ. އަދި އެ އިންސްޕެކްޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އެމްޕީއެލްއާއި ސިއްޙީ ވުޒާރާގެ އޮފިޝަލުން ހިމެނޭ ޓީމަކުންން ކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.
A team of Maldives Ports Limited’s and Ministry of Health has inspected the first batch of ambulance.@MoHmv#MaldivesPortsLimited #MPLHidhumathugaa #MPL #PortMV pic.twitter.com/w4HiMLrG54
— Maldives Ports Limited (@Portmv) October 29, 2025
60 އަށްވުރެ ގިނަ ރަށަށް ބޭނުންވާ އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް މިއަހަރު ކުރިއަށްގެންދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިއީ ސިއްޚި ނިޒާމު އިތުރަށް ހަރުދަނާކޮށް ޞިއްޙީ ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތެކެވެ.