Ads by Stelco

ޚަބަރު

ހޮޅުދޫ ޤުރުއާން މުބާރާތުގެ ޑިޖިޓަލް ޕާރޓްނަރަކަށް އުރީދޫ އަދި ކޭޓަރިން ޕާރޓްނަރަކަށް ކޯރި ގާރޑަން ހަމަޖައްސައިފި

ހޮޅުދޫ ޤުރުއާން މުބާރާތުގެ ޑިޖިޓަލް ޕާރޓްނަރަކަށް އުރީދޫ އަދި ކޭޓަރިން ޕާރޓްނަރަކަށް ކޯރި ގާރޑަން ހަމަޖައްސައިފި

ހޮޅުދޫ ޤުރުޢާން މުބާރާތުގެ ޑިޖިޓަލް ޕާރޓްނަރަކަށް އުރީދޫ އަދި ކޭޓަރިން ޕާރޓްނަރަކަށް ކޯރި ގާރޑަން---

farudhun logo

ފަރުދުން

26 އޮކްޓޯބަރު 2025، 09:13

26 އޮކްޓޯބަރު 2025، 09:13

ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތުގެ ޑިޖިޓަލް ޕާރޓްނަރަކަށް އުރީދޫ އަދި ކޭޓަރިން ޕާރޓްނަރަކަށް ކޯރި ގާރޑަން ހަމަޖައްސައިފިއެވެ.

މި މުބާރާތް އިންތިޒާމުކުރާ ބެޓަރ އެންވަޔަރަމަންޓް ފޯރ ޔޫތް ސޮސައިޓީ (ބޭސް)އިން މިކަން ހާމަކުރަމުން ވިދާޅުވީ، މިއީ މުބާރާތް އިތުރަށް ފުރިހަމަވެގެން ދިއުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައެވެ.

 އާންމުކޮށް ބާއްވާ ގިނަ ޤުރުއާން މުބާރާތްތަކާއި ތަފާތުކޮށް ކުރިޔަށް ގެންދިއުމަށް ރާވާފައިވާ މި މުބާރާތުގައި ވާދަކުރާނެ ކުދިން ހޮވާފައި ވަނީ އޮޑިޝަނަކަށް ފަހުއެވެ. އެގޮތުން އޮޑިޝަނަށް ފަހު ޖުމްލަ 16 ބައިވެރިން ހޮވާފައިވާއިރު، މި ބައިވެރިން މިހާރު ދަނީ ރާއްޖޭގެ އެންމެ ފުންނާބުއުސް ޤާރީންގެ އިރުޝާދުގެ ދަށުން 2 މަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަމުންނެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިޔަށް ގެންދަނީ، އަލްއުސްތާޛް އަލް ޤާރީ ޢަލީ ވަޙީދު އިރުޝާދުގެ ދަށުންނެވެ.

ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތް ކުރިޔަށް ދާނީ ހަތަރު ބުރަށް ބަހާލައިގެންނެވެ. އަދި ކޮންމެ ބުރެއްގައި ތިން ދަރިވަރަކު މުބަރާތުން އަލްވަދާއުކިޔަން ޖެހޭގޮތަށް ތަރުތީބު ކޮށްފައިވާ މި މުބަރާތުގެ ފައިނަލް ބުރުގައި ވާދަކުރާނީ ހަތަރު ބައިވެރިއެކެވެ. އަދި ހޮޅުދޫ ރަންތަރި ހޮވިގެންދާނީ  މި ހަތަރު ބައިވެރިންގެ  ތެރެއިންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން