Ads by Stelco

ޚަބަރު

ޕީކް ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ހުރިހާ ޑިޕާޓްމަންޓެއް އެއްތަނަކަށް

ޕީކް ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ހުރިހާ ޑިޕާޓްމަންޓެއް އެއްތަނަކަށް

އެމްއޭސީއެލް ހުރިހާ ޑިޕާޓްމަންޓްގެ މުވައްޒަފުން ބައިވެރިިވި ބައްދަލުވުން

farudhun logo

ފަރުދުން

26 އޮކްޓޯބަރު 2025، 10:48

26 އޮކްޓޯބަރު 2025، 10:48

މިއަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެމްއޭސީއެލްގެ ހުރިހާ ޑިޕާޓްމަންޓަކުން އެއްތަނަކުން ބައްދަލުކޮށްފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މި ބައްދަލުވުން ފައްޓަވައިދެއްވަމުން އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) މުހައްމަދު މިހާދު ވިދާޅުވީ, ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ބައްދަލުވުމަކީ އެމްއޭސީއެލްގައި ބާއްވަމުން އަންނަ އެންމެ މުހިންމު ބައްދަލުވުންކަމަށެވެ. ހަމަ އެއާއެކު އެމްއޭސީއެލްއިން ޚިދުމަތް ހޯދާ ފަރާތްތަކަށް, އެ ފަރާތްތަކުން ބަލައިގަންނަ ފެންވަރަށް ނުވަތަ އެއަށްވުރެވެސް މަތީ ފެންވަރަށް ޚިދުމަތް ދިނުމަށް ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓަކާއި މުވައްޒަފުން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 



ހުރިހާ ޑިޕާޓްމަންޓަކުން ބައިވެރިވި މި ބައްދަލުވުމަކީ ޕީކް ސީޒަންގެ އޮޕަރޭޝަންސްތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމުގައި ޑިޕާޓްމަންޓްތަކަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާއި އެ ކަންކަމަށް ހުށަހަޅާ ހައްލުތަކާއި މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން