ޚަބަރު
މުޅި ނ. އަތޮޅުގެ ލޯތައް ހޮޅުދޫ ރަންތަރި ޤުރުޢާން މުބާރާތަށް އަމާޒުކުރެވިފަ
ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތުގެ ރޫޙާއި މަޤްޞަދު ތަމްސީލުކުރާ ނިޝާން
ފަރުދުން
24 އޮކްޓޯބަރު 2025، 04:43
24 އޮކްޓޯބަރު 2025، 04:43
ނ. ހޮޅުދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތް"ތަށް މުޅި ނ. އަތޮޅުގެ ސަމާލުކަން ވަނީ ހުއްޓީފައެވެ.
ހޮޅުދޫގެ ހިންގުންތެރި ޖަމްޢިއްޔާއެއް ކަމުގައިވާ ބެޓަރ އެންވަޔަރަމަންޓް ފޯރ ޔޫތް ސޮސައިޓީއިން އިންތިޒާމު ކުރާ ހޮޅުދޫ ރަންތަރި ޤުރުޢާން މުބާރަތަކީ، އާންމުކޮށް އަތޮޅުތެރެއިގައި ބާއްވާ ގިނަ މުބާރާތްތަކާއި ތަފާތުކޮށް އިންތިޒާމް ކޮށްފައިވާ މުބާރާތެކެވެ. އޮޑިޝަނަކަށް ހުޅުވާލައިގެން ނެގުނު ޖުމްލަ 16 ބައިވެރިންނާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި، ބައިވެރިންނަށް ވަނީ ރާއްޖޭގެ އެންމެ ފުންނާބުއުސް ޤާރީންގެ އިރުޝާދުގެ ދަށުން 2 މަސް ދުވަހުގެ މުއްދަތައް ޓްރެއިނިންގ ޕްރޮގްރާމްއެއް ފަށާފައެވެ.
މަޝްހޫރު ޤާރީ އަލްއުސްތާޛް ޤާރީ އިބްރާޙިމް ޝަރީފު އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ މި ޓްރެއިންނިންގ ޕޮރޮގްރާމްގައި ތަމްރީނުދިނުމަށް ބައްޔާތީ ރާޤަށް ޤުރުޢާން ތިލާވަތުކުރުމުގެ މާހިރު ، ޤާރީ އިބްރާޙިމް ޝަރީފު މިވަގުތުވެސް ހުންނެވީ ހޮޅުދޫގައި ދަރިވަރުން ތަމްރީނު ކުރުމުގެ މަސައްކަތުގައެވެ. ބޭސް އިން މަޢުލޫމާތު ދޭ ގޮތުގައި މިއަދު ފެށި ޓްރެއިނިންގެ ސެޝަންތައް މި ހަފްތާގެ ހޯމަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.
4 ބުރެއްގައި ދަރިވަރުން ވާދަކޮށް ކޮންމެ ބުރެއްގައި ވެސް 3 ދަރިވަރަކު މުބަރާތާއި އަލްވަދާއުކިޔަން ޖެހޭގޮތައް ތަރުތީބު ކުރެވިފައިވާ މި މުބަރާތުގައި 4 ވަނަ ބުރު ( ފައިނަލް ރައުންޑް ) ގައި ވާދަކުރާނީ 4 ބައިވެރިއެކެވެ. މި ހަތަރު ބައިވެރިންގެ ތެރެއިން ހޮޅުދޫ ރަންތަރި ހޮވިގެންދާނެވެ. ކޮންމެ ދަރިވަރަކުވެސް ޙަދުރުކޮށް އަދި ބައްޔަތީ ރާގަށް ތިލާވާ ކުރަންޖެހޭ މި މުބަރާތުގައި ކީރިތި ޤުރުޢާން ގެ ދެފޮތް ހިފްޒުކޮށް ކިޔަވަންޖެހެއެވެ. އަދި ރަންތަރީގެ މަޤާމައް ހޮވިގެންދާނީ މިދެންނެވި ބައިތަކުގެ އިތުރުން ، ތަޖްވިދާ ޢުލޫމުލް ޤުރުޢާންގެ ސުވާލުތަކަށްވެސް އެންމެ ފުރިހަމައަށް ޖަވާބުދެވޭ ބައިވެރިއެކެވެ.
ހޮޅުދޫ ރަންތަރިއަށް 25 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިމްމާފައިވާއިރު ، ނ.އަތޮޅުގެ މަޝްހޫރު ފެރީސަރވިސް ލީޖަން ޓްރެވަލްސް އިން ވަނީ އެއްއަހަރު ދުވަހުގެ ދަތުރު ހިލޭ ، އަދި ކޯރިގާރޑަން ރެސްޓޯރަންޓް އިން ވަނީ 15 މީހުންގެ ޑިނާއެއް ހުށައަޅާފައެވެ. ބޭސްއިން މަޢުލޫމާތު ދޭ ގޮތުގައި އަދިވެސް އިތުރު ހުށައެޅުންތައް އަންނަމުންދާއިރު ބޭސްއިން ވަނީ މި މުބަރާތައް ސްޕޮންސަރ ކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައެވެ.