ޚަބަރު
ޝަންގްރީ-ލާ ވިލިނގިލި އަލުން ހުޅުވުމުގެ ތައްޔާރީތަކާ ގުޅޭ މަޝްވަރާތަށް ކުރިއަށްގެންގޮސްފި
ޝަންގްރީ-ލާ ވިލިނގިލި އަލުން ހުޅުވުމުގެ ތައްޔާރީތަކާ ގުޅޭ މަޝްވަރާތަށް ކުރިއަށް ގެންގޮސްފި
ފަރުދުން
24 އޮކްޓޯބަރު 2025، 03:48
24 އޮކްޓޯބަރު 2025، 03:48
ޝަންގްރީ-ލާ ވިލިނގިލި އަލުން ހުޅުވުމުގެ ތައްޔާރީތަކާ ގުޅޭ މަޝްވަރާތަށް ކުރިއަށްގެންގޮސްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހިމް، ޝަންގްރީ-ލާގެ ގްރޫޕް ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް، މިސްޓަރ ކްރިސް ފޮންގް އަދި ޝަންގްރީ-ލާ ވިލިނގިލީގެ އާ ޖެނެރަލް މެނޭޖަރު ހަރވޭ ޑޫބޮސްކްއާ ބައްދަލުކުރައްވާފައިވާކަމަށެވެ.
މި ބައްދަލުވުމުގައި މިސްޓަރ ފޮންގް އާއި މިސްޓަރ ޑޫބޮސްކް ޝަންގްރީ-ލާ ވިލިނގިލި ރިސޯޓް އަލުން ހުޅުވުމަށް ކުރެވޭ ތައްޔާރީތަކުގެ އެންމެ ފަހުގެ ކުރިއެރުންތަކާ ބެހޭ މައުލޫމާތު މިނިސްޓަރ ތާރިޤްއާ ހިއްސާކުރައްވާފައިވެއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ރިސޯޓް އަލުން ހުޅުވުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ތަފްޞީލުތައް ސަރުކާރާ ހިއްސާކޮށް، ކުރިއަށް އޮތްތަނުގައި ރިސޯޓަށް ބޭނުންވާ އެއްބާރުލުން ހޯދުން ކަަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.
ޝަންގްރީ-ލާ ވިލިނގިލި ރިސޯޓަކީ ދިވެހިރާއްޖޭގެ ދެކުނުގެ އައްޑޫ ސިޓީގައި ހުންނަ ރިސޯޓެކެވެ. މި ރިސޯޓް އަލުން ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުއެވެ. މި ރިސޯޓް ހުޅުވުމަށް ކުރެވޭ ތައްޔާރީތަކަކީ ދެކުނުގެ އިޤްތިޞާދަށާއި ވަޒީފާގެ ފުރުޞަތުތަކަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމެކެވެ.