Ads by Stelco

ޚަބަރު

މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަންގެ ރައީސަކަށް ފަރުސަތު އައްޔަނު ކުރަން މަޖިލީހުގެ ކޮމިޓީއިން ފާސްކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަންގެ ރައީސަކަށް ފަރުސަތު އައްޔަނު ކުރަން މަޖިލީހުގެ ކޮމިޓީއިން ފާސްކޮށްފި

މުޙައްމަދު ފަރުސަތު---

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޮކްޓޯބަރު 2025، 08:03

23 އޮކްޓޯބަރު 2025، 08:03

މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ ރައީސަކަށް އެ ކޮމިޝަނުގެ މެމްބަރު މުޙައްމަދު ފަރުސަތު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

މި ނިންމުމަކީ ކޮމިޝަނުގެ އިދާރީ އިސްކަންދޭ މަޤާމަށް ބޭފުޅަކު އައްޔަންކުރުމަށް ކުރިއަށްދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.

ފަރުސަތަކީ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ މެމްބަރެއްގެ އިތުރުން، އެމްއެމްބީސީއަށް މަޖިލީހުން އާންމުކޮށް ހުޅުވާލައިގެން އައްޔަން ކުރައްވާފައިވާ ތިން މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ މަޖިލީހުން އައްޔަންކުރާ 3 މެމްބަރާއި، ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން އިންތިޚާބުކުރާ 4 މެމްބަރުން ހިމެނޭ ގޮތަށް 7 މެމްބަރުންގެ މައްޗަށެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ކޮމިޝަނުގެ ރައީސްކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި ހުރިހާ 7 މެމްބަރުންނާވެސް އިންޓަވިއުކޮށް، އެ ބޭފުޅުންގެ ޤާބިލުކަން ވަޒަންކޮށްފައެވެ.

ކޮމިޓީން ފަރުސަތުގެ ނަން ފާސްކުރި ނަމަވެސް، ކޮމިޝަނުގެ ރައީސަކަށް އޭނާ ރަސްމީކޮށް އައްޔަންކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައި، މަޖިލީހުގެ ވޯޓަކުން ފާސްވެގެންނެވެ. މީޑިއާ ކޮމިޝަނުގެ ރައީސް މަޖިލީހުން އައްޔަންކުރި ނަމަވެސް، އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރާނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. މި މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމުގެ މަސައްކަތް މިހާރު ދަނީ އެންމެ ފަހު މަރުހަލާގައި ކުރިއަށެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަކީ ދިވެހިރާއްޖޭގެ މީޑިއާ ދާއިރާ ރެގިއުލޭޓްކޮށް، ޒިންމާދާރުކުރުމުގެ މައި މުއައްސަސާއެވެ. ކޮމިޝަންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޤާނޫނާއި ޤަވާއިދުގައި ބަޔާންކުރާ ސުލޫކީ މިންގަނޑުތަކާ ޚިލާފަށް ޢަމަލުކުރާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ. އަދި އެފަދަ ޝަކުވާތައް ބަލައި، ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ ވެސް ކޮމިޝަނުގެ ވާޖިބެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން