Ads by Stelco

ޚަބަރު

މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލުނެރެފި

މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލުނެރެފި

މާލެއަށް ބޯކޮށް ވާރޭ ވެހުނު ދުވަހެއްގައި މާލޭގެ މަގުމަތި. ފޮޓޯ:ސަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 އޮކްޓޯބަރު 2025، 06:03

21 އޮކްޓޯބަރު 2025، 06:03

މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން މިއަދު ހުދު ސަމާލެއް ނެރެފިއެވެ.

 މި ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ.

މެޓުން މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 15:30 އިން ފެށިގެން ރޭގަނޑު 20:30 އާ ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި އެސަރަހަށްދަށް ބޯކޮށް ވާރޭވެހި، ގުގުރުމުގެ އިތުރުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށް މެޓުން ވަނީ އަންގާފައެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައި ގަދަވެދާނެ ކަމަށް ވެސް މެޓުން ވަނީ އިންޒާރު ދީފައެވެ. ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެކި ހިސާބުތަކަށް ވިއްސާރަވެ، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް މެޓުން ވަނީ ފާހަގަކޮށްފައެވެ.

މޫސުމާ ބެހޭ އިދާރާއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވެއެވެ.

މި މުއްދަތުގެ ތެރޭގައި ކަނޑުތައް ވެސް އާންމު ގޮތެއްގައި ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ. އަދި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ވެސް މެޓުން ވަނީ އަންދާޒާކޮށްފައެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން