Ads by Stelco

ޚަބަރު

ކުމުންދޫ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއްދީފީ

ކުމުންދޫ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއްދީފީ

ކުމުންދޫ ދަނޑުގައި ހުރި ކަރާތަކަށް ގެއްލުންދީފައި: ފޮޓޯ- ކުމުންދޫ ކައުންސިލް

farudhun logo

ފަރުދުން

20 އޮކްޓޯބަރު 2025، 10:49

20 އޮކްޓޯބަރު 2025، 10:49

ހދ. ކުމުންދޫގައި ތަރުކާރީއާއި މޭވާ ހައްދާފައިވާ ދަނޑުތަކަށް ރޭގެ ވަގުތެއްގައި ބޮޑެތި ގެއްލުންތަކެއްދީފިއެވެ. 

ކުމުންދޫ ކައުންސިލުން ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރޭގެ ވަޤުތެއްގައި ކުމުންދޫ ދަނޑުތަކަށް ބަޔަކު ގެއްލުންދީފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަން ކުރާ ކަމަށް ޝައްކު ކުރެވޭ ފަރާތެއް އެނގޭނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓް ކުރުމަށްވެސް ފުލުހުން އެދިފައި ވެއެވެ. ކައުންސިލުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ދަނޑުގައި ރީތިކޮށް ހެދިފައިވާ ގިނަ އަދަދެއްގެ ކަރާތަށް ބޭނުން ނުކުރެވޭވަރަށް ފަޅާ، ކުދިކޮށްފައިި ވެއެވެ. 

ކުމުންދޫ ދަނޑުގައި ހުރި ކަރާތަކަށް ގެއްލުންދީފައި: ފޮޓޯ- ކުމުންދޫ ކައުންސިލް


ކުމުންދޫ ކައުންސިލުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ތިން ދަނޑަކަށް ގެއްލުން ދީފައިވެއެވެ. އަދި މި ގެއްލުން ދީފައިވާކަން އެނގިފައިވަނީ ދަނޑުވެރިން ފަތިސްނަމާދަށްފަހު ދަނޑަށް ދިއުމުން ކަމަށްވެސް ކައުންސިލުން ހާމަކުރެއެވެ. ގެއްލުން ދީފައިވާ ތިން ދަނޑަކީވެސް ކަރާ، ބަށި، ކިއުކަމްބާ މެލަން އަދި ލެޓިއުސް ފަދަ ތަފާތު ބާވަތްތައް ހައްދާފައިވާ ދަނޑުތަކެކެވެ. އެ ތިން ދަނޑުން ވެސް އެންމެ ބޮޑަށް ގެއްލުން ދީފައިވަނީ ކަރާ ދަނޑުތަކަށެވެ. 

ކުމުންދޫ ދަނޑުގައި ހުރި ކަރާތަކަށް ގެއްލުންދީފައި: ފޮޓޯ- ކުމުންދޫ ކައުންސިލް


ދަނޑަށް ގެއްލުން ދީފައިވާއިރުު ދަނޑުގައި ބޭނުންކުރާ އެހެނިހެން ތަކެއްޗަށްވެސް ވަނީ ގެއްލުން ދީފައެވެ. ދަނޑު ތަކަށް ގެއްލުންދިން މީހެއް ނުވަތަ ބަޔަކު މިހާތަކަށް ހޯދިފައި ނުވާ ނަމަވެސް މިހާރު މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ކުމުންދޫ ކައުންސިލުން ވިދާޅުވެފައިވެއެވެ. 

އެކަމަކު އެކަން ކުރީ ކޮން ބައެއްކަން ސާފު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން