Ads by Stelco

ޚަބަރު

ކުއްލި ޙާލަތްތަކަކީ ނަފްސާނީ އެހީ އެންމެ ފަރުވާތެރިކަމާއެކު ފޯރުކޮށްދޭންޖެހޭ ވަގުތު: މެޑަމް ސާޖިދާ

ކުއްލި ޙާލަތްތަކަކީ ނަފްސާނީ އެހީ އެންމެ ފަރުވާތެރިކަމާއެކު ފޯރުކޮށްދޭންޖެހޭ ވަގުތު: މެޑަމް ސާޖިދާ

މެޑަމް ސާޖިދާ މުޙައްމަދު---

farudhun logo

ފަރުދުން

10 އޮކްޓޯބަރު 2025، 04:41

10 އޮކްޓޯބަރު 2025، 04:41

ކުއްލި ޙާލަތްތަކަކީ ނަފްސާނީ އެހީ އެންމެ ފަރުވާތެރިކަމާއެކު ފޯރުކޮށްދޭންޖެހޭ ވަގުތު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިފަދަން ވިދާޅުވީ، ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅިގެން މީސްމީޑއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ކަމަނާ ވިދާޅުވީ، ކުއްލި ޙާލަތްތަކަކީ ނަފްސާނީ އެހީ އެންމެ ފަރުވާތެރިކަމާއެކު ފޯރުކޮށްދޭންޖެހޭ ވަގުތު ކަމަށާއި، ނަމަވެސް އެއީ ގިނަ ފަހަރަށް މި ކަމުގައި އެންމެ ފަރުވާކުޑަކޮށްލެވޭ ވަގުތުކަމަށެވެ. 

އަދި ނަފްސާނީ އެހީއަކީ ހަމައެކަނި ވަކި ގިންތިއެއްގެ ބަޔަކަށް ބޭނުންވާނެ އެއްޗެއް ނޫންކަން މިއަދު އަޅުގަނޑުމެން ހަނދާންކުރަންޖެހޭ ކަމުގައި ވެސް މެޑަމް ސާޖިދާ ވަނީ ހާމަކުރައްވާފައެވެ.

މީގެއިތުރުން، މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު، ދުނިޔޭގެ ކަންކޮޅުތަކުގައި އެކި ކާރިސާތަކާއި ހަނގުރާމަތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ މަތިން ހަނދާން ކުރަންޖެހޭކަމަށް އެ ކަމަނާ ވަނީ ވިދާޅުވެފައެވެ. މިފަދަ ނާޒުކު ހާލަތްތަކުގައި އަބަދުވެސް އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވަނީ ކުޑަކުދިންނާއި އަންހެނުންނަށްކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.



އެކަމަނާގެ ޕޯސްޓް ނިންމަވާލެއްވީ، ކުއްލި ހާލަތްތަކަށް އިޖާބަ ދިނުމުގައި ފަރުވާ ދިނުމަށާއި، ކުލުނުވެރިކަން އިސްކުރުމުގެ އިތުރަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އިސްކަން ދިނުމަށް ގޮވާލައްވަމުންނެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހަކީ ކޮންމެ އަހަރެއްވެސް އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހެއެވެ. މި ދުވަސް ފާހަގަކުރަނީ ނަފްސާނީ ދުޅަހެޔޮކަމަށް، ހޭލުންތެރި އަދި އަހުލުވެރި މުޖްތަމަޢުއެއް ބިނާކޮށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަކާލާތު ކުރުމަށެވެ. މިއަހަރުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިޢާރު ބިނާވެފައިވަނީ ކުއްލި ހާލަތްތަކުގައި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން