ވިޔަފާރި / ޚަބަރު

ދިވެހީންނަށްހުރި ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރެއްވުމަކީ ރައީސް ޑރ މުޢިއްޒުގެ މެނިފެސްޓޯގެ ވަޢުދެއް: ވަޒީރު ސަޢީދު

ދިވެހީންނަށްހުރި ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރެއްވުމަކީ ރައީސް ޑރ މުޢިއްޒުގެ މެނިފެސްޓޯގެ ވަޢުދެއް: ވަޒީރު ސަޢީދު

ވަޒީރު ސަޢީދު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 އޮކްޓޯބަރު 2025، 04:29

09 އޮކްޓޯބަރު 2025، 04:29

ދިވެހީންނަށް ހުރި ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްކަންދެއްވާ އެމަނިކުފާނުގެ މެނިފެސްޓޯގެ ވަޢުދެއްކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދިވެހިންނަށް ޚާއްސަކޮށް ވިޔަފާރި ކުރެވޭނެ އިތުރު ދާއިރާތައް ކަނޑައަޅައި އިޢުލާނުކުުރުމާއި ގުޅިގެން އެކްސް ގައި ކުރެއްވެވި ޕޯސްޓެއްގައެވެ. 

45 އަހަރުގެ ދިގު މުއްދަތަކަށްފަހު، އަލަށް ފާސްކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނު 3 ސެޕްޓެމްބަރު 2024 ގައި ތަންފީޒުކުރަން ފަށާފައިވާއިރު، މި ޤާނޫނަށް ޢަމަލުކުރާއިރު އެކުލަވާލަންޖެހޭ އުސޫލުތަކާއި، ބޭރުގެ ފަރާތްތައް ހަރަކާތްތެރިވާނެ ދާއިރާތައް ކަނޑައެޅުމުގައި، ފުޅާ ދާއިރާއެއްގައި އެކި ސިނާޢަތްތަކުގެ ޚިޔާލާއި ވިސްނުން ހޯދާފައިވާ ކަމަށް އިޤްތިޞާދީ ވަޒީރު ސަޢީދު ވިދާޅުވިއެވެ.

އައު އިންވެސްޓްމަންޓް ރިކުއަރމަންޓްސްގެ އަސާސަކީ، ދިވެހިން ކުރިއަރަމުން އަންނަ ސިނާޢަތްތަކާއި ދާއިރާތަކުން ދިވެހިންނަށް ޚާއްސަކޮށް، ބޭރުގެ ތަޖުރިބާ ބޭނުންވާ ދާއިރާތަކުން އެފަރާތްތަކަށް މިހާރަށްވުރެ ބޮޑަށް ފުރުސަތު ހުޅުވާލުންކަމަށް އިޤްތިޞާދީ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި އަލަށް ދިވެހިންނަށް ޚާއްސަކުރި ވިޔަފާރިތަކަށް މިހާރުވެސް އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ގެއްލުން ނުވާނެހެން، އެ ދާއިރާތަކުން ނިކުތުމަށް ނުވަތަ ޓްރާންސިޝަން ވުމަށް މުއްދަތެއް ދެވޭނެއެވެ.

ދިވެހީންގެ ހުނަރާއި ޤާބިލުކަން އިތުރުކަމަށް ބެލެވޭ ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، އާންމު ކަނޑު ދަތުރުފަތުރުގެ ޚިދުމަތް، ބަންކަރިންގ ޚިދުމަތުގެ އިތުރުން 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތަކާއި 100 މިލިއަން ޑޮލަރުން ދަށުގެ ރިއަލް އެސްޓޭޓް މަޝްރޫޢުތައް ހިމެނެއެވެ.

2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް ވާޞިލުވުމަށް، ބޭރުގެ ފަރާތްތަކަށްވެސް ދިވެހިންގެ ތަޖުރިބާ އެހާ ބޮޑަށް ނެތް ދާއިރާތަކުން ފަހި ފުރުޞަތުތަކެއް ހުޅުވާލެވިފައިވާ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން