Ads by Stelco

ޚަބަރު

ދުންފަތް ކޮންޓްރޯލުކުރުމުގެ ޤާނޫނާއި ޤަވާޢިދަށް ހޭލުންތެރިކުރުމުގެ ޙަރަކާތްތަކެއް ބ. އަތޮޅުގައި ބާއްވައިފި

ދުންފަތް ކޮންޓްރޯލުކުރުމުގެ ޤާނޫނާއި ޤަވާޢިދަށް ހޭލުންތެރިކުރުމުގެ ޙަރަކާތްތަކެއް ބ. އަތޮޅުގައި ބާއްވައިފި

ދުންފަތް ކޮންޓްރޯލުކުރުމުގެ ޤާނޫނާއި ޤަވާޢިދަށް ހޭލުންތެރިކުރުމަށް ބ. އަތޮޅުގައި ބޭއްވި ޙަރަކާތްތަކުގެ ތެރެއިން.

farudhun logo

ފަރުދުން

09 އޮކްޓޯބަރު 2025، 02:32

09 އޮކްޓޯބަރު 2025، 02:32

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ.)އާއި ބ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ދުންފަތް ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ދުންފަތް ކޮންޓްރޯލްކުރުމުގެ ޤާނޫނާއި ޤަވާޢިދަށް ހޭލުންތެރިކުރުމާއި ޓޮބޭކޯ ސިޒޭޝަންގެ ޓްރޭނިންގ ދިނުމުގެ ޙަރަކާތްތަކެއް އެ އަތޮޅުގައި ހިންގައިފިއެވެ. މި ޙަރަކާތްތައް ކުރިޔަށް ގެންގޮސްފައިވަނީ އިސްވެ ދިޔަ ސެޕްޓެންބަރު މަހުގެ 28ވަނަ ދުވަން 29ވަނަ ދުވަހަށް ބ. އޭދަފުށީގައެވެ.

މި ޙަރަކާތްތަކުގެ ތެރެއިން، "ޓްރޭނިންގ އޮން ބޭސިކްސް އޮފް ޓޮބޭކޯ ސިޒޭޝަން"ގެ ނަމުގައި ބ. އަދި ޅ. އަތޮޅުގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރީންނަށް ތަމްރީނު ޕްރޮގްރާމެއް ވަނީ ބޭއްވިފައެވެ. މި ތަމްރީން ޕްރޮގްރާމުގައި، ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ ޤާނޫނާއި ޤަވާޢިދާ ބެހޭ ގޮތުންނާއި، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް ބޭނުންވާ ފަރާތްތަކަށް އެ ކަމުގައި އެހީތެރިކަން ފޯރުކޮށްދޭނޭ ގޮތާއި، އެ ކަމުގެ ހުނަރު ދަސްކޮށްދެވިފައިވެއެވެ. މި ތަމްރީނުގެ މަޤުޞަދަކީ، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މި ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބ. އަތޮޅާއި ޅ. އަތޮޅުގައި ދެވޭނެ މަގު ތަނަވަސްކުރުމެވެ. މި ތަމްރީނުގެ އިތުރުން، ދުންފަތް ކޮންޓްރޯލްކުރުމުގެ ޤަވާޢިދު ތަންފީޛުކުރުމަށް ކުރަން ޖެހޭ އިންސްޕެކްޝަންގެ މަސައްކަތްތަކެއް ވެސް ވަނީ ކުރިޔަށް ގެންދެވިފައެވެ. މި ޙަރަކާތުގައި ބ. އަތޮޅުގެ 13 ރަށާއި، އަދި ޅ. އަތޮޅުގެ 5 ރަށުން ޖުމްލަ 45 ޞިއްޙީ ދާއިރާގެ މަސައްކަތްތެރީންނަށް ތަމްރީނު ދެވިފައިވެއެވެ.

މީގެ އިތުރުން، ބ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް އަމާޒުކޮށްގެން ޓޮބޭކޯ ސިޒޭޝަނަށް އަހުލުވެރިކުރުމުގެ ސެޝަނެއް ވެސް ކުރިއަށްގެންދެވިފައިވެއެވެ. މި ސެޝަންގެ ބޭނުމަކީ، ބ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެވިދާނެ ފަންނީ ލަފާތަކާ ބެހޭ މަޢުލޫމާތު އޮޅުން ފިލުވައިދީ، އެ ކަމަށް އަހުލުވެރި ކުރުވުމެވެ.

ހަމަ އެހެންމެ، ބ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ގްރޭޑް 6އިން މަތީގެ ދަރިވަރުންނާއި ބެލެނިވެރީންނަށް އަމާޒުކޮށްގެން ދުންފަތުން ލިބޭ ގެއްލުންތަކާއި ދުންފަތުގެ ވަބާގެ ނުރައްކަލާ ބެހޭ ގޮތުން ވަނީ ހޭލުންތެރިކުރުމުގެ ސެޝަނެއް ނަގައިދެވިފައެވެ. އަދި ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ބ. އަތޮޅުގެ ކަމާ ގުޅޭ މުއައްސަސަތަކާ އެކު މަޝްވަރާ ބައްދަލުމެއް ވަނީ ބޭއްވިފައެވެ. މި ބައްދަލުވުމުގައި އަތޮޅު ކައުންސިލާއި، ސަރުކާރުގެ އިދާރާތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި، އަދި އަމިއްލަ ޖަމްޢިއްޔާތައް ބައިވެރިވެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން