Ads by Stelco

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރާއްޖޭގެ އާބާދީގެ %3.9 މީހުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރާއްޖޭގެ އާބާދީގެ %3.9 މީހުން

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ނިސްބަތުން ގިނަ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 އޮކްޓޯބަރު 2025، 10:30

09 އޮކްޓޯބަރު 2025، 10:30

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރާއްޖޭގެ އާބާދީގެ %3.9 މީހުން ރެޖިސްޓަރވެފައިވާކަމަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ޖުމްލަ 14،790 މީހުން ވަނީ ރަޖިސްޓްރީވެފައެވެ. އަދި އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2022ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ރާއްޖޭގެ އާބާދީގައި 382،751 މީހުން ތިބިއިރު، މި ދަފްތަރުގައިވާ ގޮތުން، ގާތްގަނޑަކަށް ކޮންމެ 100 ދިވެއްސެއްގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ 4 މީހުން އެބަތިއްބެވެ.

އަދި އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 6،193  އަންހެނުންނާއި، 8،597 ފިރިހެނުން ރެޖިސްޓަރކޮށްފައި އެބަތިއްބެވެ. އަދި މި ދަފްތަރުގައި ތިބި އާބާދީގެ ނިސްބަތަށް ބަލާއިރު، %3.3 އަންހެނުންނާއި %4.4 ފިރިހެނުން އެބަތިއްބެވެ. 

މި ތަފާސްހިސާބުގެ އިތުރު ތަފްސީލަށް ބަލާލާއިރު، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 18 އަހަރުން ދަށުގެ ޖުމްލަ 4،950 ކުދިން ހިމެނެއެވެ. އޭގެތެރޭގައި ހިމެނެނީ 1،490 އަންހެން ކުދިންނާއި، 3،469 ފިރިހެން ކުދިންނެވެ. 

އަދި މި ދަފްތަރުގައި 65 އަހަރުން މަތީގެ 2،305  މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ. 

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު ބުނާގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށް ބަލަނީ ދިގު މުއްދަތުގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ހިއްސުތަކުގެ ނޫނީ ސިކުނޑީގެ އުނިކަމެއް ހުރި މީހަކު، އެ އުނިކަމެއްގެ ސަބަބުން ކުރިމަތިވާ އެންމެހައި ހުރަސްތަކާހުރެ މުޖްތަމަޢުގެ އެހެން މީހުންނާ އެއްހަމައެއްގައި ބޭނުންތެރި ގޮތުގައި އެންމެ ފުރިހަމައަށް ބައިވެރިވެ ޙަރަކާތްތެރިވެ އުޅުމަށް ދަތިވާ ކޮންމެ މީހަކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން