ޚަބަރު
ގެއްލުނު ބައިލައްކަ ރުފިޔާ 30 މިނެޓުތެރޭ ހޯދައިދީފި

ގެއްލުނު ބައިލައްކަ ރުފިޔާ ހުރި ފޮށި ފުލުހުން ހޯދާފައި

ފަރުދުން
08 އޮކްޓޯބަރު 2025، 10:18
08 އޮކްޓޯބަރު 2025، 10:18
ބައިލައްކައަށްވުރެ ގިނަ ފައިސާ ހުރި ފޮއްޓެއް ގެއްލިގެން ފުލުހުންނަށް މައްސަލަ ރިޕޯޓްކުރިތާ ގިނައިރުތަކެއް ނުވެ ގެއްލުނު ފައިސާތައް ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އިއްޔެގެ މެންދުރުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު މި މައްސަލާގައި ގެއްލިފައިވަނީ ރިސޯޓެއްގެ ސްޓާފް ޝޮޕްގެ ސެޕްޓެމްބަރު މަހުގެ ސޭލްސް ފައިސާކަމަށްވާ 53،000 ރުފިޔާ ހުރި ފޮއްޓެއް ކަމަށެވެ. މި ފޮށި ގެއްލިފައިވަނީ އެ ރިސޯޓުން މާލެ އައި ލޯންޗު ނަސަންދުރަ ކައިރިއަށް ފައިސާތަކާއެކު ފޮށި ބާލާފައިވަނިކޮށް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ހޭންވޭރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއެކު، ފޮށި ހޯދުމަށް ސީސީޓީވީ ކެމެރާ ފުޓޭޖްތައް ބަލައި، ކުރި މަސައްކަތުން މައްސަލަ ހުށަހެޅުނުތާ 30 މިނިޓެއް ހާއިރުތެރޭގައި ފުލުހުން ވަނީ އެ ފޮށި ހޯދާފައެވެ. މި ފޮށި ފެނިފައިވަނީ އެހެން ލޯންޗަކަށް އަރުވާފައިވަނިކޮށެވެ.
މި ފައިސާތައް މިހާރުވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.