ވިޔަފާރި / ޚަބަރު

އެސްޑީއެފްސީގެ ލޯނު ޕޯޓްފޯލިއޯ ޝަރީޢާ ހުއްދަކުރާ ގޮތަށް ބަދަލުކުރަން ފަށައިފި!

އެސްޑީއެފްސީގެ ލޯނު ޕޯޓްފޯލިއޯ ޝަރީޢާ ހުއްދަކުރާ ގޮތަށް ބަދަލުކުރަން ފަށައިފި!

އެސްޑިއެފްސީ ފޮޓޯ:މޯލްޑިވްސް ރިޕަބްލިކް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 އޮކްޓޯބަރު 2025، 11:15

07 އޮކްޓޯބަރު 2025، 11:15

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އެ ކުންފުނީގެ ލޯނު ޕޯޓްފޯލިއޯ ޝަރީޢާ ހުއްދަކުރާ ޕޯޓްފޯލިއޯއަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި ބަދަލާއެކު، އެސްޑީއެފްސީ ވެގެންދާނީ ބޭންކް އޮފް މޯލްޑިވްސްގެ ޝަރީޢާ ކޮމްޕްލަޔަންޓް ޑިޖިޓަލް ސަބްސިޑިއަރީއަކަށެވެ.

މި ބަދަލުގެ ފުރަތަމަ މަރުހަލާގައި، އެސްޑީއެފްސީ އިން ބޭނުންކުރާނީ އިސްލާމިކް ބޭންކިންގައި ބޭނުންކުރާ ޑިމިނިޝިންގ މުޝާރަކާ ކޮންޓްރެކްޓެވެ. އަދި ކުރިއަށް އޮތްތަނުގައި، ވަކާލާ ބިލް އިސްތިޘްމާރު އަދި ތަވައްރުޤު ފަދަ އިސްލާމިކް ބޭންކިންގެ ކޮންޓްރެކްޓްތައް ތަޢާރަފުކުރުމަށް ވަނީ ރޭވިފައެވެ.

އެސްޑީއެފްސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ހަސަން ވިދާޅުވި ގޮތުގައި، މި ބަދަލަކީ ކުންފުނީގެ ތާރީޚުގައި ގެންނަ އެންމެ ފާހަގަކޮށްލެވޭ ބަދަލެވެ. އަދި މި ބަދަލާއެކު، ލޯނަށް ފައިސާ ދެއްކުމުގައި ކަސްޓަމަރުންނަށް ދިމާވެފައިވާ ދަތިތަކަށް ލުއި ލިބި، ޝަރީޢާ އުޞޫލުން އެކަންކަން ހަމަ މަގަށް އެޅުވުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބަދަލުގެ މުހިންމު ބައެއްގެ ގޮތުގައި، އެސްޑީއެފްސީ އިން ދޫކޮށްފައިވާ ކޮންވެންޝަނަލް ފެސިލިޓީތައް، ޝަރީޢާ ހުއްދަކުރާ ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ފެށޭނެއެވެ. މީގެ ތެރޭގައި، ކުރިން ލޯނު ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފައިސާ ދެއްކުން ދަތިވެފައިވާ ފަރާތްތަކަށް ޚާއްޞަ އިސްކަމެއް ދެވޭނެއެވެ.

އެސްޑީއެފްސީން މި ބަދަލުތައް ގެންނަން ފަށާފައިވަނީ މިއަދުން ފެށިގެންނެވެ. އަދި 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ނިޔަލަށް މި ބަދަލުތައް ގެނެސް ނިންމުމަންމުމަށް ވަނީ އަމާޒު ހިފާފައެވެ. ކަސްޓަމަރުންނަށް މި ބަދަލާ ގުޅޭ މަޢުލޫމާތު އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް އަދި ސީދާ ގުޅައިގެން ދެމުންދާނެ ކަމަށް އެސްޑީއެފްސީން ބުނެފައިވެއެވެ.

މި ބަދަލާއެކު، އެސްޑީއެފްސީ ވެގެންދާނީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފޯރުކޯރުކޮށްދޭ ބޭންކިންގ ޚިދުމަތްތަކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި އިސް ދައުރެއް އަދާކުރާ ކުންފުންޏަކަށެވެ. އަދި މި މަސައްކަތުގެ ތެރެއިން އަލަށް ފަށާ ވިޔަފާރިތަކާއި، އަންހެނުން ހިންގާ ވިޔަފާރިތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، ދަނޑުވެރިކަމުގެ ވިޔަފާރިތަކާއި، ޑިޖިޓަލް އަދި ވިޔަފާރީގެ މަސައްކަތްތައް ބާރުވެރި ކުރުމަށް އިސްކަންދެވޭނެއެވެ.

މި ބަދަލަކީ ދިވެހިރާއްޖޭގެ އެސްއެމްއީ ސެކްޓަރަށް އައު އީޖާދީ ހައްލުތައް ހޯދައިދިނުމާއި މާލީ ބައިވެރިވުން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އަދި މިއާއެކު، ދެމެހެއްޓެނިވި އިޤްތިޞާދީ ތަރައްޤީގައި ބޭންކް އޮފް މޯލްޑިވްސްއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

އެސްޑީއެފްސީގެ ސީއީއޯ ބަދުރުއްދީން ހަސަން އިތުރަށް ވިދާޅުވި ގޮތުގައި، ކުންފުނީގެ އަމާޒަކީ އައު އީޖާދުތަކާއެކު، ޓެކްނޮލޮޖީގެ ތެރެއިން، ކުދި ވިޔަފާރިތަކަށް ހުރި ފުުރުސަތުތައް ފަސޭހައިން ވާސިލުވެވޭނެ ވަށައިޖެހޭ ހައްލުތަކެއް ހޯދައިދިނުމެވެ.

މި ބަދަލުތައް ގެނައުމުގައި އެސްޑީއެފްސީން ބޭނުންކުރާނެ އިސްލާމިކް ބޭންކިންގ އުސޫލުތަކުގެ ތެރޭގައި ޑިމިނިޝިންގ މުޝާރަކާ، ވަކާލާ ބިލް އިސްތިޘްމާރު އަދި ތަވައްރުޤު ހިމެނެއެވެ. މި އުސޫލުތަކުގެ ސަބަބުން، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފެސިލިޓީތައް ރެގިއުލަރައިޒް ކުރުމުގެ މަގު ފަހިވެގެންދާނެއެވެ.

އެސްޑީއެފްސީން މި ބަދަލުތައް ގެންނަމުންދާނީ އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. މި ގޮތުން، ކަސްޓަމަރުންނަށް މި ބަދަލުތަކާ ގުޅޭ މަޢުލޫމާތު ލިބިގަތުމަށް އެސްއެމްއީ ޕޯޓަލް ބޭނުންކުރެވޭނެއެވެ. އަދި ކަސްޓަމަރުންނާ ސީދާ ގުޅައިގެންވެސް މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ބަދަލުތަކަކީ ދިވެހިރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ. އަދި މިއީ ޤައުމުގެ އިޤްތިޞާދީ ދުވެލި އިތުރުކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.

                    

                    

Ads by MSS

މި ލިޔުން ކިޔާލުމުން